ހަބަރު

ނޮވެމްބަރު ތިނެއް ހަނދާނީ ބިނާގައި ދިދަ ނަގައި ގާޑް މައުންޓްކޮށްފި

ނުވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ނެގުމާއި އަދި ގާޑް މައުންޓު ކުރުމުގެ ރަސްމިއްޔާތު އެމްއެންޑީއެފް އިން ބާއްވައިފި އެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން މިއަދު ހެންދުނު 6:30 އެހާކަންހާއިރު އެމްއެންޑީއެފް އިން ބޭއްވި މި ރަސްމިއްޔާތު ޝަރަފު ވެރިކޮށްދެއްވާ ވަޑައިގަތީ މިހާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެވެ.

މިރަސްމިއްޔާތު ފެށިގެން ދިޔައީ 3 ނުވެމްބަރު 1988 ގައި ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތެއް ރާއްޖެ އަރާ ދިން އުދުވާނީ ހަމަލާގައި ޝަހީދުވީ މީހުންގެ ހަނދާނުގައި ބޭއްވި އެއް މިނެޓުގެ ސުކޫތަކުން ނެއެވެ. އެޔަށް ފަހު އެދުވަހުގެ ހަނދާނީ ބިނާގައި ދިދަ ނެގުމާއި ގާޑް މައުންޓު ކުރުން ކުރިޔަށް ދިޔައީ ސިފައިންގެ "ސްލޯ ޑްރިލް" ގައެވެ. ރަސްމިއަޔާތު ނިމިގެން ދިޔައީ ގައުމީ ސަލާމުންނެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްއެންޑީއެފްގެ ހުރިހާ އޭރިޔާތަކުން މާލެއާ ބައެއް ރަށްރަށުގައި މިއަދު އެކި ހަރަކާތްތަށް ހިނގުމަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން ހަވީރު މާލޭގައި ޝަރަފުވެރި ހިނގާލުމެއް އޮންނަ އިރު އެމްއެންޑީއެފް ސަދަން އޭރިއާގެ ހިތަދޫ ބަނދަރު ސަރަހައްދުގައި އާންމުކޮށް ހުޅުވާލައިގެން "އޯޕަން ޑޭ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށޤ ވެސް ވަނީ ނިންމާފަ އެވެ.