އެޕަލްއިން ހީކުރީ އައިފޯން 12 މިނީ ކާމިޔާބު ފޯނަކަށް ވާނެ ކަމަށެެވެ. އެކަމަކު އެކަން އެގޮތަކަށް ނުވި އެވެ. އަނެއްކޮޅުން ސެމްސަންގުން އުންމީދުކުރި ވަރަށް ޑިސްޕްލޭ ވިޔަފާރިން ފައިދާއެއް ވެސް ނުވި އެވެ.
އެޕަލްއިން އައިފޯން 12 މިނީ އުފައްދަން ހިޔާލުކޮށް ޑިސްޕްލޭ ބޭނުން ވާނެ ކަމަށް ސެމްސަންގްއަށް އޯޑަރު ދިނެވެ. އެޕަލްއިން ދޭ އޯޑަރުތަކަށް ފަރުވާތެރިވުމުގެ ގޮތުން ސެމްސަންގުން ޑިސްޕްލޭ އުފައްދަން އިންވެސްޓްކުރި އެވެ. މެޝިންތައް ތާޒާކޮށް ފެކްޓަރީ ތައްޔާރުކުރި އެވެ. އެހެން ނަމަވެސް، ހީކުރެވުނު ކަހަލަ ކާމިޔާބު ފޯނަކަށް އައިފޯން 12 މިނީ ނުވި އެވެ. މިޗސަބަބަށްޓަކައި އެޕަލްއިން އައިފޯން 12 މިނީ އިތުރަށް އުފައްދަން ބޭނުމެއް ނުވި އެވެ.
އައިފޯން މޮޑެލްއެއް ވިކޭނެ ކަމަށް އަންދާޒާ ކުރުމަކީ އެޕަލްގެ މަސްލަހަތާ ގުޅިފައި ހުރި ކަމެކެވެ. އެޕަލްއިން އަންދާޒާޗކުރާ ވަރަށް ޑިސްޕްލޭ އުފައްދައިޗދިނުމަކީ ސެމްސަންގްގެ ޒިންމާއެކެވެ. މިޗއުސޫލުން ވިޔަފާރި އެއްބަސްވުމަށް ކަމޭހިތައި އެޕަލްއިން ސެމްސަންގަށް ބަދަލުދެ އެވެ. ފާއިތުވި އަހަރު 2019 ގައި ވެސް ކަންހިނގައި ދިޔައި މި ބުނި ގޮތަށެވެ.
އެޕަލްއިން ޑިސްޕްލޭއަށް އޯޑަރުދޭ އަދަދަށް ސެމްސަންގްއިން ޑިސްޕްލޭ ނުއުފެއްދި ނަމަވެސް އެޕަލްއިން އެދިގެން އިންވެސްޓްކޮށްފައި ވާތީ ސެމްސަންގަށް ބަދަލު ދޭން ޖެހެ އެވެ. އެޕަލްއިން ފާއިތުވި އަހަރު ސެމްސަންގަށް 683 މިލިއަން ޑޮލަރުގެ ބަދަލެއް ދިނީ އެހެންވެ އެވެ. އަދި 2020 ގައި 950 މިލިއަން ޑޮލަރު ދޭނެ އެވެ.
އެޕަލްއިން ވަނީ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް އައިފޯން 12ގެ މޮޑެލްތައް އުފެއްދުން މަދުވެސް ކޮށްފަ އެވެ. އެއީ ގެއްލުން ކުޑަކުރުމަށެވެ.