ވިލާ ގްރޫޕް

އިންޑަސްޓްރިއަލް ވިލެޖުގައި ވިލާ ފިއުލް ހުޅުވައިފި

Mar 25, 2021

ރާއްޖެއަށް ތެޔޮ އެތެރެކޮށް ވިއްކާ އެއް ކުންފުނި ކަމަށްވާ ވިލާގެ "ވިލާ ފިއުލް" ގެ ޝެޑެއް މާލެ އިންޑަސްޓްރިއަލް ވިލެޖުގައި މިއަދު ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި މިއަދު ހުޅުވި ޝެޑުގައި ޕެޓްރޯލް އަޅަން ހާއްސަ 12 ޕޮއިންޓާއި ޑީސަލަށް ހާއްސަކޮށްފައިވާ ހަތަރު ޕޮއިންޓެއް ހުރެ އެވެ.

"ވިލާ ހަކަތަ" އިގެ ނަމުގައި ކުރިން ހިންގައި ހިދުމަތް ދިން ޝެޑްތައް "ވިލާ ފިއުލް" ގެ ނަމަށް ރީބްރޭންޑް ކުރި ސަބަބާ ބެހޭ ގޮތުން އެ ކުންފުނިން ބުނީ ރީބްރޭންޑް ކުރީ އެ ކުންފުނީގެ ކޮންމެ ވިޔަފާރި ލައިން އެއް ވެސް ވަކިން ހައިލައިޓް ކުރުކުގެ ގޮތުން ކަމަށެވެ.

އަދި ވިލާގެ ބޭނުމަކީ ފެންވަރު ރަނގަޅު ކޮލިޓީ ހިދުމަތްތަކެއް ފިއުލްގައި ވެސް ދިނުން ކަމަށެވެ.

ވިލާ ފިއުލްގެ ނަމުގައި ހުޅުވި މި ޝެޑާއެކު މާލޭގައި ހުޅުވި މިއީ ދެވަނަ ޝެޑެވެ. އެ ކުންފުނިން ދަނީ ހުޅުމާލޭގައި ވެސް ތެލުގެ ހިދުމަތް ދެމުންނެވެ.