ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

ނައިފަރަށް ދިޔަ މީހުން އަންގަން އެދެފި

މި މަހުގެ 10ގެ ފަހުން ޅ. ނައިފަރުގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކުވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.

ނައިފަރުން ވަނީ ކޮވިޑް ކޭސްތަކެއް ފެނިފައެވެ. އެ ރަށުން ޕޮޒިޓިވްވީ އުނގޫފާރަށް ދިޔަ މީހެކެވެ. އުނގޫފާރަކީ ކޮވިޑް ކޭސްތައް ގިނަ ރަށެކެވެ.

އެޗްޕީއޭއިން މިއަދު ބުނީ މި މަހުގެ 10ގެ ފަހުން ޅ. ނައިފަރުގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކުވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަަށެވެ. އަދި މި ތާރީހުގެ ފަހުން ނައިފަރަށް ގޮސްފައިވާ މީހަކުނަމަ ނައިފަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން މި މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ މީހުންވެސް ސާމްޕަލްއެއް ނަގަައި ޓެސްޓްކުރުމަށާއި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެމީހުންގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ނައިފަރުން މާލެއަށް އައިސްފައިވާ މީހުޖން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެދިފައިވެއެވެ.

ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ނައިފަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބމަށް އަދި އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާ ކުރަން އެޗްޕީއޭއިން ވަނީ އެދިފައެވެ.