ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

ނައިފަރުން އިތުރު 47 ކޭސް، ނަންބަރު 255 އަށް

ޅ. ނައިފަރުން އިތުރު 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިއްޔެވެސް 38 މީހަކު އެ ރަށުން ޕޮޒިޓިވްވިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ރަށަކީ ނަައިފަރެވެ. ނައިފަރުގަައި މިވަގުތު 255 މީހަކަށް ބަލިޖެހިފައިވެއެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 174 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 179 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އަތޮޅުތަކުން ޕޮޒިޓިވްވި 179 މީހުންގެ ތެރޭގައި ނައިފަރުން ޕޮޒިޓިވްވީ 47 މީހަކާއި އއ މަތިވެރިން ޕޮޒިޓިވްވީ 25 މީހަކާއި އއ އުކުޅަހުން ޕޮޒިޓިވްވީ 20 މީހަކު ހިމެނެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 5،221 މީހުންނެވެ. މިހާތަނަށް 24،934 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 161 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.