ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

ނައިފަރުން އިތުރު 40 ކޭސް، ނަންބަރު 170 އަށް

ޅ. ނައިފަރުން އިތުރު 40 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ރަށަކީ ނަައިފަރެވެ. ނައިފަރުގަައި މިވަގުތު 170 މީހަކަށް ބަލިޖެހިފައިވެއެވެ.

މިއަދު ޕޮޒިޓިވްވީ 40 މީހެކެވެ.

މިއަދު އަތޮޅުތަކުން 130 މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ މާފުށިން ޕޮޒިޓިވްވި 26 މީހަކާއި އުކުޅަހުން 19 މީހަކާއި ތުލުސްދޫ އިން 12 މީހެކެވެ.

އަތޮޅުތެރޭގައި 1،349 މީހަކަށް ބަލި ޖެހިފައިވެއެވެ. އެއީ 1060 ދިވެހިންނާއި 289 ބިދޭސީންނެވެ.