ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

ނައިފަރު ކްލަސްޓާ: މިހާތަނަށް 208 މީހަކު ޕޮޒިޓިވް

ޅ. ނައިފަރުން އިތުރު 38 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިއްޔެވެސް 40 މީހަކު އެ ރަށުން ޕޮޒިޓިވްވިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ރަށަކީ ނަައިފަރެވެ. ނައިފަރުގަައި މިވަގުތު 208 މީހަކަށް ބަލިޖެހިފައިވެއެވެ. އެއީ 201 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

މިއަދު އަތޮޅުތަކުން 242 މީހަކު ޕޮޒިޓިވްވިއެވެ. މިއީ އެންމެ އަތޮޅުތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ދުވަހެވެ. މީގެ އިތުރުން ރިސޯޓްތަކުން 25 މީހަކާއި ސަފާރީތަކުން ފަސް މީހަކަށްވެސް ބަލި ޖެހިފައިވެއެވެ.

މިއަދު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މާފުށިންނެވެ. އެ ރަށުން 85 މީހަކަށް ބަލި ޖެހުނެވެ. ނައިފަރުން 38 މީހަަކު އަދި ހިންމަފުށިން 30 މީހަކަށް ބަލި ޖެހުނެވެ.

އަތޮޅުތެރޭގައި 1،575 މީހަކަށް ބަލި ޖެހިފައިވެއެވެ. އެއީ 1176 ދިވެހިންނާއި 399 ބިދޭސީންނެވެ.