ޓެކްނޯލޮޖީ

ގޫގުލް ޕިކްސެލް ފޯނެއް ފަތްޖަހަނީ

ފަތްޖެހި ސްމާޓްފޯނުތަކަށް ޑިމާންޑް ބޮޑުވެ ސްމާޓްފޯން އުފައްދާ ކޮންމެ ކުންފުންޏަކަށް ފަތްޖެހި ފޯނެއް ނިސްބަތްވާން ވެއްޖެ އެވެ. ސެމްސަންގް، އެލްޖީ އަދި ވާވޭ ފަދަ މާކެޓް ލީޑަރުން ކުރިހޯދައި އުދުހި ދާއިރު ގޫގުލް އަދި އޮތީ އެވެ. ބުނެވޭ ގޮތުގައި ޕިކްލެސް ފޯނެއް ފަތްޖެހުން ދެން ލަހެއް ނުވާނެ އެވެ.

ގޫގުލްއިން ފަތްޖެހި ފޯނެއް އުފެއްދުމާ ހަމާގައި އުޅޭއިރު މިހާރު ކުރާ މަސައްކަތަކީ އެންޑްރޮއިޑް 12 ބާރުވެރިކުރުމެވެ. އޮޕަރޭޓިން ސިސްޓަމްގެ ތަބީއަތުގައި ފަތްޖެހި ފޯނުތަކުގެ ސަހުސިއްޔަތު ހިމެނުމެވެ. މީގެ ބޭނުމަކީ އޮޕަރޭޓިން ސިސްޓަމްއަށް ފަތްޖެހި ފޯނު ދެނެގަންނަން އެނގުމެވެ.

ގޫގުލުން ޕިކްސެލް ފޯނެއް ފަތްޖަހަން އުޅޭ ކަމަށް އެންމެ ފުރަތަމަ އަޑުއިވުނީ 2019 ގައެވެ. މިދިއަ އަހަރު، 2020 ގައި ވެސް ވަނީ މިވާހަކަތައް ގަދައަށް ދެކެވިފަ އެވެ.

ގޫގުލްއިން ފަތްޖެހި ފޯނެއް އެބަ އުފައްދަ އެވެ. ޕްރޮޖެކްޓަށް ކިޔާ ކޯޑްނަމަކީ ޕާސްޕޯޓް އެވެ. އަދި އަޑުތައް ހުރީ މިއަހަރު ފަހުކޮޅު މިފޯނު މާކެޓަށް ނެރޭ ގޮތަށެވެ.

ސްމާޓްފޯން ޑިސްޕްލޭ އުފައްދަން ސެމްސަންގްއަށް ލިބިފައި ހުރި އޯޑަރުތަކުގެ ތެރޭގައި ގޫގުލްއިން ދީފައި ހުރި އޯޑަރުތައް ވެސް އެބަ ހުއްޓެވެ. ގޫގުލުން ބޭނުންވަނީ 7.6 އިންޗި ޑިސްޕްލޭތެއް ކަމަށް ސައުތު ކޮރެއާ ނޫސްތަކުން ބުނެ އެވެ. މާނައަކީ ފަތްޖެހި ޕިކްސެ ފޯނެއް ވަރަށް އަވަހަށް ފެނިދާނެ ކަމެވެ.