ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އިތުރު 2،444 މީހަކަށް ވެކްސިން ދީފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 227،423 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 2،444 މީހަކަށް ވެކްސިން ދީފައެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 1،052 މީހަކާއި މާލެ ސަރަހައްދުން ވެކްސިން ދިން 1،392 މީހެކެވެ. ވެކްސިން ޕްރަގްރާމް މެދުކަނޑާލުމަށް ފަހު މާލެ ސަރަހައްދުގައި އަލުން ވެކްސިން ޖަހަން ފަށާފައިވަނީ ހޯމަ އެވެ. މާލެ ސަރަހައްދުގައި ދޭން ފަށާފައިވަނީ ޗައިނާގެ ސިނޯފާމް ވެކްސިނެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް ދީފައިވަނީ 127،277 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަތޮޅުތަކުން މިހާތަނަށް 100،147 މީހަކަށް ވެކްސިން ދީފައިވެއެވެ.