ދުނިޔެ

އީރާންގެ މިސައިލަކުން އިޒްރޭލް ކާގޯ ބޯޓަކަށް ގެއްލުންވެއްޖެ

އީރާނުންގެ މިސައިލްކުން އިޒްރޭލް ކާގޯ ބޯޓަކަށް ގެއްލުން ވެއްޖެ ކަމަށް އިޒްރޭލް މީޑިއާއިން ބުނެފި އެވެ. ޓަންޒޭނިއާއިން ފުރައިގެން އަރަބި ކަނޑު ހުރަސްކޮށް އިންޑިއާއަށް ދަތުރުކުރި ކާގޯ ބޯޓަކަށް ގެއްލުން ލިބުނު ނަމަަވެސް ސަލާމަތުން އިންޑިއާއަށް ފޯރާނެ ކަމަށް ބޯޓުގެ ވެރި ކުންފުނި، ޓީއެކްސް މެނޭޖްމަންޓުން ބުނެ އެވެ. އިންޑިއާގައި ބޯޓް މަރާމާތު ކުރާނެ ކަމަށް ވެސް ކުންުފުނިން ބުނެ އެވެ.

އީރާނުން މެދުއިރުމަތީގައި މިސައިލް ޓެސްޓް ކުރުން ބޮޑު ބިރުވެރި ކަމަކަށް ވަނީ ވެފަ އެވެ. މިއީ އިޒްރޭލްގެ ކާގޯ ބޯޓަކަށް އީރާންގެ މިސައިލަކުން ގެއްލުން ލިބުނު ކަމަށް މިފަހުން ރިޕޯޓްކުރި ދެވަނަ ފަހަރެވެ.

އިޒްރޭލް މީޑިއާއިން، ޗެނަލް 12 ނިއުސްއިން މި ހަބަރު ގެސްދިން ނަމަވެސް މާބޮޑު ތަފުސީލެއް ނުދެ އެވެ. ރޮއިޓާސްއިން އިޒްރޭލް ފޮރިން މިނިސްޓްރިއާ ހަވާލާދީ ބުނީ ތެދު ރިޕޯޓެއްތޯ ބަލަމުން އަންނަ ކަމަށެވެ. އަދި އިޒްރޭލް މިލިޓަރީން ވެސް ރޮއިޓާސް އަށް މިމޭރުމުން ޖަވާބުދިން ކަމަށްވެ އެވެ.

އީރާނުން މިސައިލް ޓެސްޓްު ކުރުމުގައި ބޯޓުފަހަރުގެ ގެގަނޑު ދުއްވާލާފައި ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިޒްރޭލް އޮފިޝަލުން ވިދާޅުވާ ގޮތުން އީރާނުން ޒިންމާ އުފުލަންޖެހެ އެވެ. އީރާނުން މިކަމަށް އިންކާރުކުރި ނަމަވެސް އިތުބާރު ކުރެވޭ ވަރުގެ ހެކިދެއްކިފައި ނެތް ކަމަށް އިޒްރޭލުން ބުނެ އެވެ. އީރާނުން ބުނަނީ މިސައިލް ހަލަމާތަކާ އީރާންއާ ގުޅުމެއް ނެތް ކަމަށެވެ.

އީރާނަށް ދުޝްމަނުންގެ ހަމަލާއެއް އަރާފާނެ ކަމަށް ބަލައި ތަމްރީން ފަރިތަކުރުންތަކުގެ ވެސް މިސައިލް ވީއްލިގެން ގޮސްފައި އެބަހުއްޓެވެ.