ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް ވެކްސިންގެ ތިންޑޯޒް ދޭންޖެހިދާނެ: ބިލް ގޭޓްސް

ދުނިޔޭގައި ކޮވިޑަށް މިހާރު ވެކްސިން ދެވޭ ނިސްބަތުން އާދައިގެ ހާލަތަށް ރުޖޫއަވެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކަމަށް ބިލް ގޭޓްސް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ކޮވިޑްގެ އިތުރު ވައްތަރުތައް ފެންނަމުން އަންނައިރު ވެކްސިންގެ ތިންވަނަ ޑޯޒެއް ވެސް ދޭންޖެހިދާނެ ކަމަށެވެ.

ބިލް ގޭޓްސް ވިދާޅުވީ ކޮވިޑްގެ ސަބަބުން ދުނިޔެއަށް ގުޑުންއަރަފި ކަމަށާއި ވެކްސިން އީޖާދުކުރެވުމަކީ ބަލިން ރައްކާތެރިވުމަށް އޮތް ބޮޑު އުންމީދެއް ކަމަށެވެ.

ކޮވިޑް ދެނެގަންނަން ކުރެވުނު މަސައްކަތްތަކާ މެދު ގޭޓްސް ވިދާޅުވީ ޕީސީއާރު ޓެސްޓްތައް އާންމުވުމަކީ ވެސް ކޮވިޑް ފެތުރެމުންދިއަ ގޮތް އަންދާޒާކޮށްލަން ލިބުނު ފުރުސަތެއް ކަމަށާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް ގައުމުތަކުން ދިން އެއްބާލުން ފާހަގަކުރަންޖެހޭ ކަމަށެވެ.

ގޭޓްސް ވިދާޅުވީ ބަލިޖެހިފައި ތިބި މީހުން ދެނެގަތުމަށް ޓެކްނޮލޮޖީ ވަރަށް ބޮޑަށް ބޭނުންހިފުނު ކަމަށާއި ދެކުނު ކޮރެއާ އަދި ނިއު ޒިލޭންޑްގެ ނަންގަންނަން ޖެހެނީ މިސަބަބަށްޓަކައި ކަމަށެވެ. އޭނާ ވިދާޅުވީ ވަސީލަތްތައް ހުރެމެ ފެއިލްވި ގައުމުތަކަކީ އެމެރިކާއާ ޔޫރަޕްގެ ބައެއް ގައުމުތައް ކަމަށެވެ.

ކޮވިޑަށް މިހާރު ދެވޭ ވެކްސިނަކީ އާ ވޭރިއަންޓްތަކުން ރައްކާތެރިކޮދޭ އެއްޗެއް ނޫން ކަމަށް ބުނެވޭ ބުނުމާ މެދު ގޭޓްސް ވިދާޅުވީ ކުރިން ވެސް އެވާހަކަ ދެކެވުނު ކަމަށާއި ތިންވަނަ ޑޯޒަކާ ބެހޭ ގޮތުން އެއިރުވެސް މަޝްވަރާކުރެވުނީ ފަރުވާ ކަށަވަރުކުރަން ކަމަށެވެ.