ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އިތުރު 273 މީހަކަށް ވެކްސިން ދީފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 227،692 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 273 މީހަކަށް ވެކްސިން ދީފައެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން މީހުންނެވެ. މިއަދަކީ ހުކުރު ދުވަސް ކަމަށްވާތީ މާލެ ސަރަހައްދުގައި ވެކްސިން ޕްރަގްރާމް ހިންގާފައެއް ނުވެއެވެ. ވެކްސިން ޕްރަގްރާމް މެދުކަނޑާލުމަށް ފަހު މާލެ ސަރަހައްދުގައި އަލުން ވެކްސިން ޖަހަން ފަށާފައިވަނީ ހޯމަ އެވެ. މާލެ ސަރަހައްދުގައި ދޭން ފަށާފައިވަނީ ޗައިނާގެ ސިނޯފާމް ވެކްސިނެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް ދީފައިވަނީ 127،277 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަތޮޅުތަކުން މިހާތަނަށް 100،419 މީހަކަށް ވެކްސިން ދީފައިވެއެވެ.