އޭ ލެވެލް

އޭ ލެވަލް އިމްތިހާން އަންނަ މަހަށް އަވަސްކޮށްފި

އޭ ލެވަލް އިމްތިހާން އަންނަ މަހަށް އަވަސް ކޮށްފި އެވެ.

ކުރިން އޭ ލެވެލް އިމްތިހާން ބާއްވަން ނިންމާފައި އޮތީ މޭ / ޖޫން ގައެވެ. ނަމަވެސް އެ އިމްތިހާން އަންނަ މަހު 26 ގައި ފަށަން މިހާރު ވަނީ ތާވަލްކޮށްފަ އެވެ. އެ ބަދަލު ގެނައީ އިމްތިހާން އިންތިޒާމްކުރާ އެޑެކްސެލްއިން ތާރީހަށް ބަދަލުތަކެއް ގެނައުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ކޮވިޑާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ކިޔެވުމަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާތީ އެޑެކްސެލްއިން ފުރަތަމަ ނިންމީ އޭ ލެެވަލް އިމްތިހާން ނުބާއްވާ ށެވެ. އަދި ޓީޗަރުންގެ އެސެސްމަންޓްތަކަށް ބަލައިގެން ދަރިވަރުންނަށް މާކްސް ދޭން އޮތީ ނިންމައިފަ އެވެ.

ނަމަަވެސް އެސެސްމަންޓްތައް ހަދައިގެން އެކަން ކުރުމުގައި ދަތިވާނެ ކަމަށް ބުނެ އިމްތިހާން ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން އެދުމުން އެޑެކްސެލްއިން ނިންމީ އިމްތިހާން ރާއްޖޭގައި ބާއްވާ ށެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގައި އޯ ލެވެލް އިމްތިހާން ނަހަދަ އެވެ. ނަމަވެސް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް އެކަނި އޭ ލެވަލް އިމްތިހާން ކުރިއަށް ގެންދިޔަ އެވެ.