އޭ ލެވެލް

އޭލެވެލް އިމްތިހާނު ފަސްކޮށްފި

Nov 24, 2021
2

އޭ-ލެވެލް އިމްތިހާނު އޮންނަ ތާރީހު ފަސްކޮށް އެކަން ސުކޫލުތަކާއި ހިއްސާކޮށްފި އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސުކޫލުތަަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭ-ލެވެލް އިމްތިހާނު އޮންނާނީ އޮކްޓޫބަރު-ނޮވެންބަރުގައި ކަމަށެވެ. ކުރީން ތާވަލުކޮށްފައި އޮތް ގޮތުން އިމްތިހާނު އޮންނާނީ މެއި-ޖޫން ގައެވެ.

އެޑިއުކޭޝަންގެ ސާކިއުލާގައި ބުނެފައިވަނީ މި ބަދަލު ގެނައީ ދަރިވަރުންގެ ކަންބޮޑުވުންތަކާއި ގުިގެންނެވެ. ދިރާސީ އަހަރު ފަށާ ދުވަހަށް ބަދަލުތަކެއް އައިސްފައިވާތީ މެއި-ޖޫން ގައި އިމްތިހާނަށް ތައްޔާރުވާން ދަރިވަރުންނަށް އިމްތިހާނަށް ތައްޔާރުވާން ލިބޭ ވަގުތު މަދުވުމަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުމަކަށްވާތީ އެވެ.

އަދި އިމްތިހާނު ފަސްކުރީ ޕްްރިންސިޕަލުންނާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ކަމަށްވެސް ބުންޏެވެ.