ނަސްރުގެ ދުވަސް

ނަސްރު ދުވަހު ޝަރަފުގެ ހިންގާލުމެއް ބާއްވައިފި

ނަސްރު ދުވަސް ފާހަގަކުރުމުގެ ގޮތުން އެމްއެންޑީއެފް އިން ޝަރަފުގެ ހިނގާލުމެއް މާލޭގައި ބާއްވައިފި އެވެ.

ދިވެހިންހެ ބަޔަކާއެކު ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ނޮވެމްބަރު 3، 1988 ގައި ސްރީލަންކާގެ ހަނގުރާމަވެރި ޖަމާއަތެއް އަރައި ދިން އުދުވާނީ ހަމަލާއިންގައި ދިވެހިންނަށް ލިބުން ނަސްރު ފާހަގަކޮށް ކޮންމެ އަހަރަކު ފާހަގަ ކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ޝަރަފުގެ ހިނގާލުން ފެށިގެން ދިޔައީ ހަވީރު 4:15 ގައެވެ.

ސިފައިންގެ ބޭންޑާއެކު ބޭއްވި މި ޕެރޭޑު ފެށީ ކަޅުތުއްކަލާކޮށިން ނެވެ. އޭގެ ފަހުން އަމީނީމަގުން އިރަށް ގޮސް ބޮޑުތަކުރުފާނު މަގުން ދަރުބާރުގެ ކައިރީގައި މަޑުކުރުމަށްފަހު ސިފައިންގެ ބޭންޑުގެ މިޔުޒިކާއި ހަރަކާތްތަށް ވަނީ ދައްކާލާފަ އެވެ. މިހިނގާލުން ނިންމާލާފައިވަނީ ބޮޑުތަކުރުފާނު މަގުން އަނބުރާ ކަޅުތުއްކަލާކޮށީ ދެކުނު ގޭޓަށެވެ.

ޝަރަފުގެ ޕެރޭޑު ބަލާލުމަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ކުޑަކުދިން ވަނީ މަގުތަކަށް ނުކުތެވެ. އަދި ސައިކަލުތަށް ވަނީ ޕެރޭޑުގެ ފަހަތުން ދުއްވާފަ އެވެ.