ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިސޯޓް

ރިސޯޓްތަކުގެ 75 ޕަސެންޓު އަލުން ހުޅުވައިފި

Mar 28, 2021

ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ 75 ޕަސެންޓް މިހާތަނަށް އަލުން ހުޅުވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ރިސޯޓް/ ހޮޓާތަކުގައި 159 ތަނުގައި 37،140 އެނދު ހިދުމަތް ދެވޭ ފެންވަރުގައި ހުރިއިރު މީގެތެރެއިން 150 ތަނެއްގެ 34،656 އެނދު ވަނީ އަލުން އޮޕަރޭޝަން ގެނެވިފަ އެވެ. މިއީ ރިސޯޓުތަކުގެ އެނދުގެ 75 ޕަސެންޓެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކުގެ 16 ޕަސެންޓު ވެސް ވަނީ އަލުން ހުޅުވާފަ އެވެ. ރާއްޖޭގައި ހިދުމަތް ދެވޭ ހާލަތުގައި 678 ގެސްޓްހައުސްއެއްގައި 11،059 އެނދު ހުއިރު، މީގެތެރެއިން 394 ގެސްޓްހައުސްއެއްގެ 7،198 އެނދު ވަނީ އަލުން އޮޕަރޭޝަނަށް ގެނެވިފަ އެވެ.

މިހާތަނަށް 18 އަތޮޅެއްގެ 57 ރަށެއްގެ 394 ގެސްޓްހައުސް ވަނީ އަލުން ހުޅުވާފަ އެވެ. މީގެ އިތުރުން ސަފާރީ އުޅަނދު ފަހަރުގެ ހަ ޕަސެންޓް އަލުން އޮޕަރޭޓް ކުރާއިރު، ހޮޓާތަކުގެ ތިން ޕަސެންޓް ވަނީ ހިދުމަތް ދޭން ފަށާފަ އެވެ.

ރާއްޖޭން ކޮވިޑް-19 ގެ ބަލި ފެނިގެން މާޗް 27 ގައި ބޯޑަރު ބަންދު ކުރުމަށްފަހު ޖުލައި 15 ގައި އަލުން ހުޅުވިފަހުން ރާއްޖޭގައި މިހާތަނަށް ހިންގަމުން ދަނީ ޖުމްލަ 46،011 ޓޫރިސްޓު އެނދެވެ.