ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެޗްއެސްސީ އިމްތިހާން ޖޫން 13 ގައި

އޭ ލެވެލް އިމްތިހާން އަންނަ މަހަށް އަވަސް ކުރުމާއި ގުޅިގެން އެޗްއެސްސީ އިމްތިހާން ޖޫން 13 ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ރޭ ބުނީ އޭލެވެލް އިމްތިހާން ފޯރުކޮށްދޭ އެޑެކްސެލް އިން އިމްތިހާން ތާވަލަށް ބަދަލު ގެނެސްފައި ވަނީ އެ މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

ކުރިން އޭ ލެވެލް އިމްތިހާން ބާއްވަން ނިންމާފައި އޮތީ މޭ / ޖޫން ގައެވެ. އަންނަ މަހުގެ 26 އަށް އޭލެވެލް އިމްތިހާން އަވަސް ކޮށްފައިވާތީ އެ ތާރީހު ބަދަލު ކުރެވޭ ތޯ މިނިސްޓްރީ އިން އެޑެކްސެލް އާއި މަޝްވަރާ ކުރި ނަމަވެސް ތާރީހަށް ބަދަލު ގެނެވިފައި ނުވާ ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އެހެންކަމުން އެޗްއެސްސީ އިމްތިހާން ބާއްވާނީ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާން ނިނޭތާ މަހެއް ފަހުން ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެގޮތުން މި ދެ އިމްތިހާން ބޭއްވުމަށް މިހާރު ހަމަޖެހިފައި ވަނީ ޖޫން މަހުގެ 13 އިން 17 އަށެވެ.

ކޮވިޑާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ކިޔެވުމަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާތީ އެޑެކްސެލް އިން ފުރަތަމަ ނިންމީ އޭ ލެެވަލް އިމްތިހާން ނުބާއްވާ ށެވެ. އަދި ޓީޗަރުންގެ އެސެސްމަންޓް ތަކަށް ބަލައިގެން ދަރިވަރުންނަށް މާކްސް ދޭން އޮތީ ނިންމައިފަ އެވެ.

ނަމަަވެސް އެސެސްމަންޓްތައް ހަދައިގެން އެކަން ކުރުމުގައި ދަތިވާނެ ކަމަށް ބުނެ އިމްތިހާން ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން އެދުމުން އެޑެކްސެލް އިން ނިންމީ އިމްތިހާން ރާއްޖޭގައި ބާއްވާށެވެ.