ދުނިޔެ

ޕޫޓިން އަމިއްލަ ބްލޮގެއް ހައްދަވަނީ

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އަމިއްލަ ބްލޮގެއް ހައްދަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ޕޫޓިން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމެއްގައި މައުލޫ ކަފިވެ ދެކެވުނު ވާހަކަތަކެއް ވައިގައިހިފައި ބްލޮގެއްގެ ވާހަކަ ފެށުނީ އެވެ.

ޕޫޓިންއާ މުޚާތަބުކުރައްވައި ބައްދަލުވުމުގެ ބައިވެރިއަކު ބްލޮގެއް ހެއްދެވުމާ ބެހޭ ގޮތުން ޕޫޓިއަށް ދެންނެވުމުން ވިދާޅުވީ އެއީ މިހާރު ވެސް ކޮންމެވެސް ވަރަކަށް ގެންގުޅުއްވާ ޚިޔާލުފުޅެެއް ކަމަށެވެ. އަދި ވިދާޅުވީ އެއީ ކޮންމެހެން ވެސް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމެއް ކަމަށެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން ޕޫޓިން ސޯޝަލް މީޑިއާ ބޭނުމެއް ނުކުރައްވަ އެވެ. ޓްވީޓާ އެކައުންޓެއް އަދި ފޭސްބުކް އެކައުންޓެއް ވެސް އަމިއްލަ ނަންފުޅުގައި ނުހިންގަވަ އެވެ.

ޕޫޓިންގެ ނަންފުޅުގައި އަމިއްލަ ބްލޮގެއް ހިންގުން މުހިންމުވާ ސަބަބުތަކާ މެދު ވެސް ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

ޕޫޓިންގެ މީޑިއާ ކޮމްޕޯނެންޓެއް ގެންގުޅުއްވަންވާނެ ކަމަށް ބައިވެރިއަކު ދެންނެވުމުން ވިދާޅުވީ ޚިޔާލުތަކާ ގަޔާވެވަޑައިގެންފި ކަމަށެވެ. އަދި ވިދާޅުވީ ލިޔުންތެރިކަމަކީ މުސްކުޅިވުމުން ވެސް ދުރުކޮށްދޭ ކަމެއް ކަމަށް ބުނާތީ އަޑުއައްސަވާ ކަމަށެވެ.

"އަޅުގަނޑު ތިޔަކަމާ ވަަރަށް ސީރިއަސްކޮށް ވިސްނާނަން،" ޕޫޓިން ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މީޑިއާ ޓީމާ މަޝްވަރާކުރާނަން. އުންމީދަކީ ވަރަށް އަވަހަށް ތިޔަކަންކުރުން" ޕޫޓިން ވިދާޅުވި އެވެ.