ސުވޭޒް ކެނަލްގައި ބޯޓެއް ތާށިވެ އެ މަގު ބަންދުވި ނަމަވެސް އެސްޓީއޯ އިން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ލަސްކަމެއް ނާންނާނެ ކަމަށް، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) އިން ބުނެފި އެވެ.
އެމްއެސްއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު (ކެޕްޓަން އަބްދުﷲ) އަވަސް އަށް މިއަދު ވިދާޅުވީ އެ ކުންފުނިން ގެންނަ މުދާ ކަސްޓަމަރުންނަށް ބޭނުންވާ މުއްދަތަށް ބަރާބަރަށް ފޯރުކޮށްދޭނެ ކަމަށެވެ.
"ޔޫރަޕުން އަންނަ މުދަލަށް ލަސްކަމެއް އަޔަސް އަންނާނީ. އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި އެސްޓީއޯގެ އެއްވެސް މުދަލަކަށް ލަސް ކަމެއް ނާންނާނެ،" އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކުންފުނިން ރޯދައަށް އިންޑިއާ އިން ގެންނަ މުދަލުގެ ޝިޕްމަންޓް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ލިބޭނެ ކަމަށެވެ.
ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން އިން ދަނީ އިންޑިއާގެ ބައެއް ސިޓީތަކުން އައްޑު އާއި ތިނަދޫ ބަނދަރަށް މުދާ ގެންނަމުންނެވެ.