ތިމާވެއްޓާ ރަށްޓެހި ހަކަތަ ބޭނުންކުރުމުގެ މަޝްރޫއުގެ ދަށުން އދ. އަތޮޅުގެ ސްކޫލުތަކުގައި ސޯލާ ޕެނަލް ހަރުކުރަން ސަރުކާރުން ނިންމައިފި އެވެ.
މިކަމާ ގުޅޭ އެއްބަސްވުމެއްގައި އެޑިޔުކޭޝަން މިނިސްޓްރީއާއި އދ. އަތޮޅު ކައުންސިލާ އެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒް އެވެ. އަދި އދ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލީ ނަސީރު އެވެ.
މި މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކުރުމުގެ އިތުރުން އދ އަތޮޅުގެ ސްކޫލުތަކުގައި ހިންގާ އެކިއެކި މަޝްރޫއުތަކަށް އަދި ސްކޫލުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތަކަށް އދ. އަތޮޅު ކައުންސިލަށް ލިބޭ އާމްދަނީން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެ ކައުންސިލުން ވަނީ ނިންމާފަ އެވެ.