މޫސުން

ދިހަ އަތޮޅަކަށް މޫސުމީ އިންޒާރު

ރާއްޖޭގެ 10 އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މޫސުމީ އިންޒާރު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ފ. އަތޮޅުން ފެށެގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރެފައިވަނީ މިރޭ 10 ޖެހުމާ ހަމައަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުތަކުގައި ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިއަދަކީ އިރުވައި މޫސުގެ އެންމެ ފަހު ނަކަތް ކަމަށްވާ ރޭވަ ނަކަތުގެ ތިންވަނަ ދުވަހުއެވެ. މިއީ ދެ މޫސުން ބައްދަލްވުމާ ހިސާބަކަށްވުމާއެކު އާންމުކޮށް މޫސުން ގޯސްވާ ދުވަސްވަރެކެވެ. މާލެއަށްވެސް މިދިޔަ ދެތިން ދުވަހު ބައެއް ގަޑިތަކުގައި ބޯކޮށް ވާރޭވެހިފައިވެއެވެ. އަދި އަތޮޅުތެރޭގެ ބައެއް ރަށްތަކަށްވެސް މޫސުން ގޯސްވެ ބޯކޮށްވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުން ފަދަ ހާދިސާތައް ހިނގާފައިވެއެވެ.