ދިވެހި ރާއްޖެ އަލުން ހުޅުވާލުން

އެއް މަސްތެރޭ އެއް ލައްކަ ޓޫރިސްޓުން

Mar 29, 2021

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން މަހެއްގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ފުރަތަމަ ފަހަރަށް އެއް ލައްކައަކަށް އަރައިފި އެވެ.

ކޮވިޑް-19 އިގެ ބަލި ފެތުރެން ފެށުމާއެކު ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ މާޗް 27 ގައި ބަންދުކޮށް، އަލުން ހުޅުވާފައި ވަނީ ޖުލައި 15 އިގަ އެވެ. ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެ މަހު 96،882 ޓޫރިސްޓުން އައިސްފައިވެ އެވެ.

ބޯޑަރު ހުޅުވި ފަހުން އެއް މަހެއްގެ ތެރޭގައި އެއް ލައްކަ ޓޫރިސްޓުން ހަމަވެފައި ވަނީ މިއަދު ރާއްޖެއަށް ޖެއްސި އެމިރޭޓްސް އެއާލައިންގެ ފްލައިޓުން އައި ޓޫރިސްޓުންނާއެކު އެވެ. އެއް ލައްކަ ޓޫރިސްޓުން އައުން ފާހަގަ ކުރަން ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ގައި ވަނީ ހާއްސަ އިވެންޓެއް ވެސް ބޭއްވި އެވެ.

އެއް ލައްކަ ވަނަ ޓޫރިސްޓުގެ ގޮތުގައި ރާއްޖެއަށް އެތެރެވެފައި ވަނީ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާނާގައު ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަން ރާއްޖެ އައި މިސްރުގެ ހަނާ މުހައްމަދު އަހުމަދު ކަމާލް މުސްތަފާ އެވެ.

ބޯޑަރު އަލުން ހުޅުވި ފަހުން މާޗް 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 283،383 ޓޫރިސްޓުން އައިސްފައިވެ އެވެ.