ނިއުރޭޑިއަންޓް އަތުން ވެލެންސިއާ މިއަދު 4-2އިން މޮޅުވި މެޗުގައި އަނިޔާވި، ވެލެންސިއާގެ ޑިފެންޑަރު މަޒުހަރު އަބުދުﷲ (މަޒޭ)ގެ އަތް އޮފަރޭޝަން ކުރަންޖެހިއްޖެ އެވެ.
ވެލެންސިއާގެ ރަސްމީ ފޭސްބުކްޕޭޖުގައި ބުނެފައިވަނީ ފަހުހާފު ފެށުނުތަނާހެން ވެއްޓި މަޒޭގެ ކަނާތު އުޅަބޮށި ބިންދައިގެން ގޮސްފައިވާ ކަމަށާއި އޭނާގެ އޮޕަރޭޝަން ކުރާނީ މިރޭ އޭޑީކޭގައި ކަމަށެވެ. އަދި ކުޅުންތެރިންނާއި މެނޭޖްމަންޓުން އޭނާ އަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ. މި އޮޕަރޭޝަނުގެ ސަބަބުން މި ސީޒަނުގައި އޭނާ އަށް ދެން ކުޅެވޭނެކަމާމެދު ވަނީ ޝައްކުއުފެދިފަ އެވެ.
މަހިބަދޫ އަތުން ވެލެންސިއާ ފަހަތުން އަރައި މޮޅުވި މެޗުގައި ފަހުހާފުގައި ކުޅެން ނުކުމެ އެ މެޗުގެ ފުރަތަމަ ދެ ގޯލު ޖެހި ކުޅުންތެރިޔާ އަތުގެ ކަށިކޮޅެއް ބިންދައިގެންދިއުމުން އޭނާ ވަގުތުން ދަނޑުން ބޭލި އެވެ.
މިއަދުގެ މެޗުން މޮޅުވުމުން ވެލެންސިއާ އަށް ވަނީ 10 މެޗުން 12 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމު މިވަގުތު އޮތީ އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ހަ ވަނާގަ އެވެ.