ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހުރާ

ހުރާއިން އިތުރު 24 ޕޮޒިޓިވް، ނަންބަރު 90 އަށް

ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ގިނަ ކ. ހުރާއިން އިތުރު 24 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހުރާ ސިއްހީ މަރުކަަޒުން މިރޭ ބުނީ އެ ރަށުން މިހާތަނަށް 90 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދުވެސް 24 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހޯމް ކަރަންޓީންގައި ހުރި ދެ މީހަކުވެސް ހިމެނެއެވެ.

މިހާތަނަށް އެ ރަށުން 449 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އަދި 289 މީހެއްގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ 70 ސާމްޕަލެއްވެއެވެ. އެހެން ކަމުން ހުރާގެ ޕޮޒިޓިވް ނަންބަރު މައްޗަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ޕޮޒިޓިވް ކޭސްތައް ގިނަވަމުންދާއިރު ޕޮޒިޓިވް ކޭސް އެންމެ ގިނައީ ހުރާގައެވެ. މީގެ އިތުރުން ފެލިވަރު އަދި ނައިފަރުގައިވެސް ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވެއެވެ.