އިއްޔެ ސޯޝަލް މިޑިއާގައި އެންމެ ވައިރަލްވީ އެއް ވީޑިއޯއަކީ އިންޑިއާގެ ރަށެއްގައި ކުޑަކުޑަ ފިރިހެން ކުއްޖެއް ބޮޑު ގެރިއަކާއެކު ކުޅެން އުޅޭ މަންޒަރު ފެންނަ ވީޑިއޯ އެކެވެ. މި ވީޑިއޯ އިން ފެންނަނީ ކުއްޖާ އެ ގެރީގެ ގައިގައި އަތުން ފިރުމާ އޭގެ މައްޗަށް އަރަން އުޅެ އަދި ގެރީގައި ބައްދާލާ ހަދާ ތަނެވެ.
ވީޑިއޯގެ ވަކި ހިސާބަކުން ދެން ފެންނަނީ ކުއްޖާ އަރާ ކެރީގެ ކަރު މަތީގައި ހެވިފައި އިންދަ އެވެ. އަދި މަދު ސިކުންތުކޮޅެއް ފަހުން ދެން ފެންނަނީ ގެރީގެ ކުރިމަތީ ދެ ފައިގައި ބޯ އަޅާލައިގެން ކުއްޖާ އޮއްވަ އެވެ. އަދި ގެރި ވެސް ކުއްޖާ އާ ސަމާސާ ކުރާހެން ހީވާ ގޮތަކަށް ކުއްޖާގެ ގައިގައި އެސޮރުގެ ބޯ ޖައްސާލާތަން ވެސް ފެނެ އެވެ.
މި ވީޑިއޯ ވައިރަލްވީ ކުޑަކުއްޖަކާއި ގެރިއެއްގެ އޮތް ހާއްސަ ގުޅުމެއް މި ވީޑިއޯއިން ހާމަ ވާތީ އެވެ. މި ކުއްޖާ ގެރި ކައިރީގައި އުޅޭ ގޮތުން ހީވަނީ އޭނާގެ މަންމަ ކައިރީގައި އުޅޭ ހެންނެވެ.
މި ކުއްޖާ ގެރީގެ ގައިމައްޗަށް އަރާ ހަދާއިރު ވެސް އެންމެ ފަހަރަކުވެސް ގެރި އެ ކުއްޖާ ދުރަށް ޖައްސަން މަސައްކަތެއް ނުކުރެ އެވެ. އެ ކުއްޖާ ކުރާނެ ކަމެއް ކުރަން ދޫކޮށްލައިގެން އުފާވެފައި އޮންނަހެން ހީވާ ގޮތަކަށް އޮތީ އެވެ.