ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޗައިނާ ކުންފުނިތަކުން 260 މިލިއަން ވެކްސިން 55 ގައުމަކަށް

ގައުމުތަކަށް ކޮވިޑް ވެކްސިން ސަޕްލައިކުރުމުގައި ޗައިނާ ކުންފުނިތަކުން 260 މިލިއަން ވެކްސިން 55 ގައުމަކަށް ފޯރުކޮށްދީފި އެވެ. ރަސްމީ އަދަދު މިއަށް ވުރެވެސް ގިނަވާނެ ކަމަށް ނޫސް އޭޖެންސީތަކުން ބުނެ އެވެ. މީގެ އިތުރުން އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ފައުޖުތަކަށް 300،000 ވެކިސިން ޗައިނާއިން ފޯރުކޮށްދިނެވެ.

ދުނިޔެއަށް ކޮވިޑް އާންމުވީ ޗައިނާގެ ވުހާނުންނެވެ. އެކަމަކު އެއަވަށުގައި ކޮވިޑް އުފެދުނު ގޮތެއް ނޭނގެ އެވެ. ކޮވިޑުން ރައްކާތެރިވުމަށް ޗައިނާގައި ހަތަރު ވެކްސިނަކަށް ހުއްދަދީފައިވެ އެވެ.

ޗައިނާ ގްލޯބަލް ޓެލެވިޒަން ނެޓްވޯކް (ސީޖީޓީއެން) އިން ބުނާ ގޮތުން ޗައިނާ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސައިނޮފާމް) އަދި ސިނޮވެކް ބަޔޮޓެކް ގުޅިގެން ދުނިޔެއަށް 260 މިލިއަން ވެކްސިން ސަޕްލައިކޮށްްފައިވެ އެވެ. މީގެ ތެރޭގައި ގައުމުތަކަށް ހަދިޔާކުރި ޝިޕްމަންޓްކާއި ވިޔަފާރި މާކެޓަށް އެކްސްޕޯޓްކުރި ޝިމްޕަންޓްތައް ހިމެނެ އެވެ. ވެކްސިން ސަޕްލައިކުރި ތަރުތީބަކީ ސައިނޮފާމްއިން 100 މިލިއަން ޑޯޒް އަދި ސިނޮވެކްއިން 160 މިލިއަން ޑޯޒް އެވެ.

ދުނިޔެއަށް ކޮވިޑް ވެކްސިން ސަޕްލައިކުރުމަށްޓަކައި ވެކްސިން އުފައްދާ އަދަދު އިތުކުރަން ޗައިނާއިން އަންނަނީ މަސައްކަތްކުރަމުންނެވެ. ސީޖީޓީއެންއިން ބުނާ ގޮތުން މިހާރު ދުވާލު ފަސް މިލިއަން ޑޯޒް އުފެއްދެ އެވެ. އެއީ އަހަރަކަށް އަންދާޒާކުރާއިރު 1.8 ބިލިއަން އެވެ.

ޗައިނާއިން އެންމެ ގިނައިން ވެކްސިން ސަޕްލައިކުރީ އެފްރިކާ ބައްރު ގައުމުތަކަށެވެ. އޭގެ އިތުރުން ޔޫރަޕް، އޭޝިއާ އަދި މެދުއިރުމަތީ ގައުމުތައް ވެސް ހިމެނެ އެވެ.