އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުކުރުމުގެ ގާނޫނާ ހިލާފް ވެފައިވާ ފަރާތްތަކަށާއި އެކި ސަބަބު ތަކާ ގުޅިގެން ލައިސަންސް ނުނަގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް
ލުއި ހޯދައިދިނުމަށް އެދި މަޖިލީހަށް މައްސަލައެއްް ހުށަހަޅައިފި އެވެ.
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅި މައްސަލަ ބަލައިގަންނަން ފެންނަކަމަަށް 34 މެމްބަރަކު ވޯޓު ދެއްވި އެވެ.
ގަރާރު ހުށަހަޅުއްވަމުން ލަތީފް ވިދާޅުވީ މިހާރުވެސް އުމުރުން 18 އަހަރުވުމުގެ ކުރިން ސައިކަލް ދުއްވުމުގެ ކުރިން އަރާފައިވާ ޖޫރިމަނާތަކުގެ ސަބަބުންނާއި އެ ޖޫރިމަނާ ދެއްކޭނެ ގޮތެއް ނެތި ލައިސަންސެ ނުނެގި އެތައް ޒުވާނުންތަކެއް އެބަ ތިބި ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު 2365 އަދި މިދިޔަ އަހަރު 2658 ފަރާތެއް ޖޫރިމަނާކޮށްފައިވާއިރު އޭގެ ތެރޭގައި 18 އަހަރު ނުފުރޭ 330 ކުދިންވެސް ހިމެނެ އެވެ. އެ ފަރާތްތަކުގެ ތެރޭގައި އެއް ފަހަރަށްވުރެ ގިނަ ފަހަަރު ޖޫރިމަނާކޮށްފައިވާ ފަރާތްތަކެއް ވާތީ އެތައް ހާސް ރުފިޔާއަށް ދައްކަން ޖެހި އެހެންނަމަވެސް ދެއްކޭނެގޮތެއް ވަނީ ނެތިފަ އެވެ.
" މީގެ އިތުރުން ލައިސަންސް ލިބުނުކަމުގައި ވިޔަސް ޓްރެފިކް ވައިލޭޝަންސްތަކާ ގުޅިގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެ ޖޫރިމަނާ އިތުރުވުމުގެ ސަބަބުން
ލައިސަންސް ނުދެއްކިފައިވާ އެތައް ފަރާތްތަކެއްވެސް އެބަތިބި. އެފަރާތްތަކަށް ހައްލެއް ހޯދައި ނުދެވި ގިނަ ދުވަސްތަކެއް ފާއިތުވަމުންދާ ދިއުމަކީ އޭގެ ސަަބަބުން އެފަރާތްތަކަށް ގިނަގުނަ މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެއް." ލަތީފް ވިދާޅުވި އެވެ.
އެއްގަމު ދަތުރުފަތުރަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ޖޫރިމަނާތަކަަށް ލުއިތަކެއް ގެނެސްދެވޭނެ އިންތިޒާމް ތައާރަފްކޮށްފައި ވެއެވެ. އެގޮތުން ޖޫރިމަނާތަކަށް 10،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އަރައިފައިވާނަމަ އެ ފަރާތްތަކަން ކޮމިއުނިޓީ ސާވިސްއަށް ނެރުމުގެ އަމުރަކަށް އެދި ޝަރީއަތަށް ހުށަހެޅުމުގެ ބާރު މީރާއަށް ލިބިގެން ވެއެވެ.
ލަތީފް ހުށަހެޅުއްވި މައްސަލަގައި އެދިވަޑައިގެންނެވީ ކޮމިއުނިޓީ ސާވިސް ތަންފީޒުކުރުމާ ގުޅޭ އަމުރު ތަންފީޒު ކުރުމުގައި ގަވައިދުގައި އިތުރު މާއްދާތަކެއް ހިމެނު މަށެވެ.
- ކޮމިއުނިޓީ ސާވިސްގަިއ ބައިވެރިވެވޭނެ ހާލަތްތަކާއި އެކަމުގައި އަމަލުކުރާނ އުސޫލުތައް
- ކޮމިއުނިޓީ ސާވިސްގެ ގޮތުގައި ކުރެވޭނެ މަސައްކަތްތަކާއި އެ މަސައްކަތް ކުރެވޭނެ ތަންތަން ކަނޑައެޅުން
- އެ މަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާ އަދާކުރުމުގެ ގޮތުން ފައިސާ އުނިކުުރެވޭނެ އުސޫލު ބަޔާން ކުުރުން
- ކޮމިއުނިޓީ ސާވިސްގެ މަސައްކަތަށް ނުކުތުމުން ޝަރުުތުތަކާއެކު އެ ފަރާތްތަކަށް ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެ ކަަމަށް ބަޔާން ކުރުން
- ދައްކާން ޖެހި ނުދައްކާ ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އުސޫލު ބަޔާން ކުރުން
- ޖޫރިމަނާ އެކުގައި މާފްކުރެވޭނެ ހާލަތްތައް ބަޔާންކުރުން
އެހެންކަމުން އުރުމުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުފަތުރުގެ ލައިސަންސްއާ ހިލާފުވެފައިވާ ފަރާތްތަކާއި އެކި ސަބަބުތަކާ ހުރެ ލައިސަންސް ނުނަގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން އެކުލަވާލަން ޖެހޭ ގަވައިދު އެކުލަވާލައި އެ ފަރާތަކަށް ލުއި ހޯދުމަށް ހަސަން ލަތީފް މިއަދު ހުށަހެޅުއްވި އެވެ.