ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުﷲ ޖާބިރު

ރޯދަ މަހު ލުއި ދޭން އެދި ޖާބިރު ހުށަހެޅި މައްސަލަ ބަލައިނުގަތް

ރޯދަ މަހު އާންމު ރައްޔިތުންނަށް ލުއިތަކެއް ދިނުމަށް އެދިވަޑައިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ޖާބިރު ހުށަޅެއްވި މައްސަލަ ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމުން އެ މައްސލަަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ދެ މެމްބަރުންނެެވެ.

މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ކޮވިޑް 19އާއި ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކަށް އެއް އަހަރު ފާއިތުވެގެން ދިޔައިރު އެތައް ބަޔަކަށް އެކަމުގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެތައް ބައެއްގެ ވަޒީފާ ގެއްލި މަސްވެރިންނާއި ދަނޑުވެރި އާއިލާތައް ބިކަވެ، ބޭންކް ލޯންތަކާއި، ކަރަންޓާއި، ފެން ބިލް ނުދެއްކި އެތައް ބަޔަކު ދަރަނިވެރިވެގެން ގޮސްފައިވާ ކަަމަށްވެސް ވިދާޅުވި އެވެ.

އެހެންކަމުން ކުރިއަށް އޮތީ ރަމަޟާން މަސްކަމަށް ވެފައި ރައްޔިތުން މިހާރުވެސް އެހާ ދަތި ހާލުގައި އުޅެމުންދާތީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމުގެ ގޮތުން ކޮވިޑާ ގުޅިގެން މިހާރު އަމަލުކުރަމުންދާ ގައިޑްލައިންތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ޖާބިރު ވަނީ ހުށަހަޅުއްވާފަ އެވެ. އަދި އެ މައްސަލައިގައި ފުޅާދާއިރާއެއްގައި މެމްބަރުން ބަހުސްކުރައްވައި ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ހިތްދަތި މައްސަލަ އަވަހަށް ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުމަށްވެސް ޖާބިރުގެ މައްސަލައިގައި އެދިވަޑައިގެންނެވި އެވެ.