ލީބިއާގެ ވެރިރަށް ޓްރިޕޮލީގައި ހުންނަ ފްރާންސް އެމްބަސީ ބަންދުކޮށްފައި ހުންނަތާ ހަތް އަހަރަށް ފަހު އަލުން ހުޅުވައިފި އެވެ.
އެމްބަސީން އަލުން ހުޅުވިކަން އެމްބަސީން ކުރި ޓްވީޓަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވެސް ވަނީ ލިބިއާގައި ހުންން ފްރާންސް އެމްބަަސީ އަޅުން ހުޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ލީބިއަން ޕްރެޑެންސީ ކައުންސިލްގެ ވެރިޔާ މުހައްމަދު މެންފީ ދާދިފަހުން ފްރާންސަށް ކުރެއްވި ދަތުރުފުޅެއްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވެސް ފްރާންސް އެމްބަސީ ހުޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
ލީބިއާގެ ލީޑަރު މުއައްމަރުލް ގައްޒާފީ ވެރިކަމުން ދުރުކޮށް އަވަހާރަކޮށްލުމަށްފަހު 2011 ގައި ހިނގައިދިޔަ ހާދިސާތަކާ ގުޅިގެން ފްރާންސް އެމްބަސީ ބަންދުކުރީ 2014 ގައެވެ. އެހެންނަމަވެސް އެމްބަސީން އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް މިއަދާ ހަަމައަށް ޕެރިހުގައި ހިންގާފައިވެ އެވެ.
އެމްބަަސީ ތަޅުލުމަށް ފަހު ފްރާންސް މަސައްކަތްކުރީ ލީބިޔާގެ ހަނގުރާމަވެރި ޖަމާއަތްްތަކަށް ހަތިޔާރުކޮޅެއް ވިއްކާލެވޭތޯ އެވެ. ޖެނެރަލް ޚަލީފާ ހަފްތާރްއަށް ވާގިވެރިވާ ހަނގުރާމަވެރިންނަށް މަދަދުވެރިވުމުގައި ފްރާންސް މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު ޖުލައި 2016 ގައި ބެންގާޒީގައި ހިނގި ހަމަނުޖެހުންތަކުގައި ހަފްތާރްގެ ކޮންޓްރޯލް ވީއްލިގެން ދިޔަ އެވެ.
ލީބިއާއިން މިހާރު މަސައްކަތް ކުރަނީ ޑިސެމްބަރުގަައި އިންތިހާބެއް ބާއްވައި ސަރުކާރު އަލުން އެކުލަވާލުމަށެވެ.