ވިޔަފާރި

އިގްތިސާދުގެ ހިސާބުތައް ލިބޭ އެޕެއް މަރުކަޒީ ބޭންކުން ތައާރަފުކޮށްފި

Nov 4, 2015
"ވިޔަ" އެޕް އަދި ހޮޓްލައިން 1444 ތައާރަފުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.--އަވަސް ފޮޓޯ
0%
0%
0%

ރާއްޖޭގެ އިގްތިސާދުގެ ގިނަ ހިސާބުތައް ފަސޭހަކަމާއެކު ލިބޭ އެޕެއް މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިރޭ ތައާރަފުކޮށްފި އެވެ.

އެމްއެމްއޭއިން އިންތިޒާމުކޮށްގެން ދަރުބާރުގޭގައި ބޭއްވި "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" ގައި ތައާރަފު ކުރި "ވިޔަ" އެޕުން އިގްތިސާދާ ގުޅުންހުރި 1200 އިންޑިކޭޓާސް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

"ވިޔަ" އެޕް ތައާރަފު ކުރުމުގެ އިތުރުން ބޭންކުތަކުގެ ޝަކުވާ ހުށަހެޅުމަށް "1444" ގެ ނަމުގައި ހިލޭ ގުޅޭ ނަމްބަރެއްގެ ހިދުމަތް ވެސް ތައާރަފުކޮށްފައިވެ އެވެ. މި ނަމްބަރަށް އެސްއެމްއެސް މެދުވެރިކޮށްވެސް ބޭންކުތަކުގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބެ އެވެ. އަދި މިގޮތަށް ހުށަހަޅާ ޝަކުވާތަކަށް ފަސް ދުވަހުގެ ތެރޭގައި ޖަވާބު ލިބޭނެ ކަމަށް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ބުނީ "ވިޔަ" އެޕްގެ ދިވެހި ވާޝަން ވެސް ވަރަށް އަވަހަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910