ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

ނައިފަރު ކްލަސްޓާ: 56 މީހަކު ޕޮޒިޓިވް

ޅ. ނައިފަރުން މިހާތަނަށް 56 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަަށް އެ އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ނައިފަރުން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ދެ މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ފަހުން 23 ވަނަ ދުވަހު މީހަކު އަދި 25 ވަނަ ދުވަހު 10 މީހަކު ޕޮޒިޓިވް ވިއެވެ. 26 ވަނަ ދުވަހު 20 މީހަކު ޕޮޒިޓިވްވެފައިވާއިރު 27 ވަނަ ދުވަހު 22 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ރ. އުނގޫފާރު ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދިޔަ މީހެކެވެ.

ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނީ މިހާތަނަށް އެ ރަށުން 56 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 1،311 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނަތީޖާ ނުލިބޭ 379 ސާމްޕަލެއްވެއެވެ. އެހެން ކަމުން ނައިފަރުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮވިޑް ކޭސްތަކާއި ގުޅިގެން ނައިފަރަށް އަރާ ފޭބުން މަނާކޮށް އެޗްޕީއޭގެ މޮނިޓަރިންއަށް ވަނީ ގެނެސްފައެވެ.