ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްޕޭންގައި މާސްކްއެޅުން ގާނޫނީ ގޮތުން މަޖުބޫރުކޮށްފި

ސްޕޭންގައި އާންމު ހުރިހާ ތަނެއްގައި މާސްކްއެޅުން މަޖުބޫރުކޮށް ގާނޫނެއް ފާސްކޮށްފި އެވެ. އެ ގާނޫނުގައި ބުނާ ގޮތުން އާންމު ހުރިހާ ތަނެއްގައި، އެތެރެއާއި ބޭރު، ގޮނޑުދޮށްތަކާއި ޖަންގަލި މިހެން ގޮސް މީހުން ވަދެއުޅޭ ހުރިހާ ތާނެއްގައި، މީހަކު ނެތަސް، މާސްކް ނާޅައި އުޅުމަކީ ކުށެކެވެ. އަދަބު ދެވޭނެ އެވެ.

ކޮވިޑާ ގުޅިގެން ސްޕޭންގައި މާސްކް އެޅުން މަޖުބޫރެވެ. އަދަބު ދެވިދާނެ ކުށެއް ކަމަށް ކަނޑައަޅާފައި ނެތަސް އެވެ. ގާނޫނަކަށް ބަދަލުވުމުން އާންމުންނަށް އަަމަލު ކުރުން ލާޒިމްވެ އަދަބު ކަނޑައެޅުނީ އެވެ. ގާނޫން ބުނާ ގޮތުން ކޮރޯނާވައިރަސް ފިލައި ދާންދެން މި ގާނޫނުގެ އަމުރު ދެމި އޮންނާނެ އެވެ. އެނޫން ގޮތެއްގައި ސަރުކާރުން މި ގާނޫނަށް އަމަލު ނުކުރަން ނިންމުމުން ވެސް އަމުރު އުވިދާނެ އެވެ.

މާސްކްއެޅުން ގާނޫނަކަށް ބަދަލުކުރި ނަމަވެސް، ސިއްހީ ހާލަތެއްގެ ސަބަބުން މާސްކް އެޅުން ރަނގަޅު ނޫން މީހުންނާއި ހުއްދަ އޮވެގެން ކުޅިވަރުކުޅޭ މީހުން އިސްތިސްނާވެ އެވެ.

ސިއްހީ މާހިރުން އަދި އާންމުން ދެކޭ ގޮތުގައި މިއީ މާސްކް އެޅުން ގާނޫނަކުން ލާޒިމް ކުރުމަކީ ތާކުންތާކުޖެހޭ ކަމެއް ނޫނެވެ. އާންމުން ކުރަންޖެހޭ ހަރަދު ބޮޑުވެފައި މުއައްސަސާތަކުގެ އަގު ވެއްޓުން ނޫން ކަމެއް ނުވާނެ އެވެ. ތަޖުރިބާކާރު ސިއްހީ މާހިރުން ބުނާ ގޮތުގައި ހަމަ ކޮންމެ ތަނެއްގައި މާސްކް އެޅުމަކީ ސިއްހީ ގޮތުން ރަނގަޅުކަމެއް ނޫނެވެ.

ވިޔަފާރިވެރިން އަދި އިންވެސްޓަރުން ދެކޭ ގޮތުގައި މި އަމުރުގެ ސަބަބުން ޓޫރިޒަމަށް ގެއްލުންވާނެ އެވެ. މީހުން ފޫހިވެ ދަތުރު ކުރުން މަދުވާނެ އެވެ. ނަތީޖާ ދުވަސްކޮޅަކުން ފެންނާނެ ކަމަށާއި މި އަމުރަށް އަމަލު ކުރުމުގައި އާންމުން ފަސްޖެހޭތަން އަންނާނެ ކަމަށް ވެސް ބުނެވެ އެވެ.