ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހޮޅުދޫ

ހޮޅުދޫ މޮނީޓަރިންގެ ހާލަތަށް

ނ. ހޮޅުދޫ އިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ހޮޅުދޫ ސިއްހީ މަރުކަޒުން ބުނީ އެރަށުން ޕޮޒިޓިވްވެފައި ވަނީ ޅ. ފެލިވަރުގައި މިހާރު އުފެދިފައިވާ ބޮޑު ކްލަސްޓާއާއި ގުޅުންހުރި ދެ މީހުން ކަމަށެވެ. އެމީހުން ޕޮޒިޓިވްވެފައި ވަނީ ފެލިވަރު ކޭސްތަކާއި ގުޅުންހުރި މީހުންގެ ސާމްޕަލްތައް ނަގަމުން ދަނިކޮށެވެ.

މިހާރު އެރަށުގައި ކުރިއަށް ދަނީ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތެވެ.

ކޮވިޑް-19 އަށް ހޮޅުދޫ އިން ދެ މީހުން ޕޮޒިޓިވްވުމާއި ގުޅިގެން އެރަށަށް އަރައި ފޭބުން އެޗްޕީއޭ އިން މަނާކޮށްފައި ވަނީ ރޭ 11:30 ހާއިރު އެވެ.

ފެލިވަރު ކްލަސްޓާ އާއި ގުޅުންހުރި ކޭސްތައް އަތޮޅުތެރޭގެ ގިނަ ރަށްރަށުން އަންނަނީ ފެންނަމުންނެވެ.