ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަހުމަދު ނަސީމް

ކޮވިޑް ޓެސްޓް ހަދަން އިތުރު ވަސީލަތް އަންނަ މަހު ލިބޭނެ: މިނިސްޓަރު

ކޮވިޑް-19 އަށް ޓެސްޓް ކުރަން ބޭނުންވާ އިތުރު ވަސީލަތްތައް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ލިބިގެން ދާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރާ ކުރެއްވި ސުވާލަށް ފަހު އިތުރު ސުވާލަށް މެންބަރުންނަށް ހުޅުވާލި ވަގުތު ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް ކުރެއްވި ސުވާލުގެ ޖަވާބުގަ އެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ކޮވިޑް ކޭސްތައް ގިނަވެފައިވާތީ ވަރަށް ގިނަ މީހުންގެ ސާމްޕަލް ނަގަމުންދާ ކަމަށާއި، އެގޮތުން 3000 މީހުންގެ ކޮވިޑް ޓެސްޓްގެ ނަތީޖާ ސާފު ނުވެ އެބައޮތް ކަމަށެވެ.

މިވަގުތު ޓެސްޓް ކުރުމުގެ ވަސީލަތްތައް މަދު ކަމަށް އެއްބަސްވެވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ މަހު މި މައްސަލައަށް ހައްލެއް ހޯދައި ދެވޭނެ ކަމަށެވެ.

"އިއްޔެ މިކަމާ ގުޅިގެން މީޓިންއެއް ބޭއްވިން. ޓެސްޓް ކުރަން ޖެހޭ މީހުންގެ އަދަދު ގިނަ. 3000 ޓެސްޓް ހަދަން ހުރި އެއްޗެހީގެ ބެކްލޮގް ކްލިއާ ކުރެވޭނެ ގޮތެއް އަދި ނެތް. ދެ ދުވަހެއްގެ ތެރޭ އެކަމަށް ސޮލިއުޝަނެއް ލިބޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމުގެ ވާހަކަފުޅުގައި އަތޮޅުތެރޭގެ ކޮވިޑްގެ ހާލަތު އަދި ވަކިން ހާއްސަކޮށް ޅ. ފެލިވަރު ކްލަސްޓާގެ ކޮވިޑް ހާލަތަށް ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އެ ކްލަސްޓާ އާއި ގުޅުންހުރި ކޭސްތަކެއް އެހެން އަތޮޅުތަކުން ވެސް ފެނިފައިވާކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ޓެސްޓް ކުރުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

ބައެއް ރަށްރަށުގައި ކޮވިޑް ޓެސްޓްތަކުގެ ނަތީޖާ ނުލިބި ގިނަ ދުވަސްތަކެއްވެ، ބައެއް ރަށު ކައުންސިލްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.