ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

10 ރަށެއްގެ މީހުނަށް ޖެންޑާއިން އެހީވަނީ

މޮނީޓަރިންގެ ހާލަތަށް ގެނައުމާއި ގުޅިގެން ހާލުގައި ޖެހުނު 10 ރަށެއްގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ.

އެހީވާން ނިންމާފައިވާ 10 ރަށަކީ ރ. ހުޅުދުއްފާރާއި، އެ އަތޮޅު އުނގުފާރާއި އަލިފުށްޓާއި އަދި މަޑުއްވަރީ އާއި ޅ.ނައިފަރާއި އެ އަތޮޅު ހިންނަވަރާއި، ކ. ދިއްފުއްޓާއި އެ އަތޮޅު ހުރާގެ އިތުރުން ދ. މީދޫ އާއި ގދ. ތިނަދޫ އެވެ.

ޖެންޑާއިން ބުނީ ހާލުގައި ޖެހުނު މީހުނަށް އެހީތެރިވާން ނިންމާފައި ވަނީ އެ ރަށް ރަށުގެ ކައުންސިލުތަކާއި އިދާރާ ތަކާއި ގުޅިގެން ކަމަށާއި އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ދެނެގަނެ "ކެއާ ޕެކޭޖް" ފޯރުކޮށް ދޭނެ ކަމަށެވެ.

މި ކެއާ ޕެކޭޖް ދޭން ނިންމީ މޮނީޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައި ދޭށެވެ.