އުރީދޫ

އުރީދޫ އިންޓަނެޓު ހިދުމަތް މަކުނުދޫ އަށް

Apr 1, 2021

އުރީދޫ މޯލްޑިވްސްގެ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ހދ. މަކުނުދޫއަށް ދީފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ 100 އެމްބީޕީއެސްގެ ހަލުއި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް މަކުނުދޫ އަށް ދިނީ ބޮޑެތި އެލަވަންސްތަކާ ވެސް އެކުގައި ކަމަށެވެ. މަކުނުދޫން އިންޓަނެޓުގެ ހިދުމަތް ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ދެ އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ފުރިހަމަ ޑިޖިޓަލް ރާއްޖެއެއް ބިނާ ކުރަން ބޭނުންވާ ފުރިހަމަ އިންޓަނެޓުގެ ހިދުމަތް އެ ކުންފުނިން ފޯރުކޮ ށްދޭނެ ކަމަށެވެ.