ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

މާލޭގައި އޮތް ކާފިއު އެއްކޮށް އުވާލައިފި

ކޮވިޑާ ގުޅިގެން މާލޭ ސަރަހައްދަށް އަޅާފައި އޮތް ކާފިއު އެއްކޮށް މިއަދު އުވާލައި ލުއިތައް ދީފިއެވެ.

މާލެ ސަރަހައްދަށް ރޭގަނޑު 11:00 އިން ފެށިގެން އިއުލާން ކޮށްފައި އޮތް ބޭރަށް ނިކުމެ އުޅުން މަނާ ކާފިއު އައީ މިދިއަ ފެބުރުއަރީ ދެވަނަ ދުވަހު އެވެ. ނަމަވެސް އެޗްޕީއޭއިން މިއަދު ބުނީ ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވާ ކަމަށެވެ. އެގޮތުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް އޮތް ކާފިއު ވަނީ އުވާލާފަ އެވެ. އަދި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ދިނުމާއެކު ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެ ކުލާސްތައް ކުރިއަށް ގެންދަން ވެސް ވަނީ ހުޅުވާލާފަ އެވެ.

ކެފޭ އާއި ރެސްޓޯރެންޓްތައް ވެސް ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ. ދުވާ ޓްރެކްތައް ވެސް ވަނީ ދޫކޮށްލާފަ އެވެ.
މީގެ އިތުރުން ޖިމާއި ކަސްރަތު ކުލާސްތައް ކުރިއަށް ގެންދިއުމާއި ޑޭ ކެއާތަކާއި ޕްރީސްކޫލް ތަކާއި، ނާސާރީތަކުގައި ކިޔަވައި ދިނުން ހުޅުވާލަން ވެސް ހުއްދަކޮށްފަ އެވެ. އެހެން ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅާއި އެޗްޕީއޭގެ ގައިޑްލައިންތަކާއެކު އެވެ.

އެޗްޕީއޭއީން ކާފިއު އުވާލާއި ލުއި ދިން ނަމަވެސް އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް އެއްވެ އުޅުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމަށް އެނގި އެންގުން ނިމުމަކަށް ނުގެނެ އެވެ. އަދި މާލެ ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައްވެސް ނުބޭއްވެ އެވެ. މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ވާން ޖެހެ އެވެ.