ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ފުރަތަމަ ކުއާޓަރަށް ފަސް ޕްރޮޕޯސަލް ހޮވައިފި

Apr 1, 2021

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުން ހިންގަން މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވާލި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަސް ޕްރޮޖެކްޓުގެ ޕްރޮޕޯސަލް ހޮވައިފި އެވެ.

ބީއެމްްއެލް ކޮމިއުނިޓީ ފަންޑުން ހިންގާ މަޝްރޫއު ތަކަކީ އެ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގާ މަޝްރޫއު ތަކެކެވެ.

ފުރަތަމަ ކުއާޓަރަށް ހޮވުނު ފަސް ޕްރޮޕޯސަލް

  • ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށްދިނުން- މިޑްލް ސްޕޯޓްސް ކްލަބް
  • ހދ. ނޮޅިވަރަންފަރުގައި ފޮތްކިޔުމަށް ހާއްސަ ޕާކެއް ތަރައްގީކުރުން - ނޮޅިންވަރު ޔޫތް ޑިވެލޮޕްމަންޓް
  • އއ. މަތީވެރީގެ އިންޑޯރ ސްޕޯޓްސް ފެސިލިޓީ ތަރައްގީކުރުން - –އެސޯސިއޭޝަން ފޯރ މަތިވެރި ސްޕޯޓްސް އެންޑް އެވެއަރނަސް
  • ލ. ފޮނަދޫގައި ފޮތްކިޔުމަށް ހާއްސަ ޕާކެއް ތަރައްގީކުރުން –- ވިމެންސް އެންހޭންސްމަންޓް
  • ގއ. ގެމަނފުށީގައި ބީޓެކް ހޮސްޕިޓާލިޓީ ކްލާސްރޫމެއް ތަރައްގީ ކުރުން – ދިވެހި މަސްވެރިންގެ ޖަމިއްޔާ

ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަަށް" މި ފަހަރު ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ޕްރޮޖެކްޓް ހިންގުމަށް ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބިގެން ދިޔަ ކަމަށެވެ.

ކޮމިއުނިޓީ ފަންޑުން މި ފިޔަވަހީގައި ހޮވިގެން ދިޔަ ފަސް ޕްރޮޖެކްޓާއެކު މި ފަންޑުގެ ދަށުން މިހާތަނަށް މިވަނީ 45 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓް ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.