ދިރާގު ޓީވީ

ދިރާގު ޓީވީގެ ހިދުމަތް ތޮއްޑޫއަށް

ދިރާގު ޓީވީގެ ހިދުމަތް އއ. ތޮއްޑޫގައި ތައާރަފްކޮށްފި އެވެ.

ތޮއްޑޫގައި ދިރާގު ޓީވީ ތައާރަފުކޮށްފައި ވަނީ ދިރާގު ކަސްޓަމަރުންނަށް ހާއްސަ ޕޮރޮމޯޝަންއެއް ފަށައިފައިވާ ދަނޑިވަޅެއްގައި ކަން ދިރާގުން ވަނީ ފާހަގަކޮށްފަ އެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ޓީވީގެ ހިދުމަތް ފުޅާކޮށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީގެ މުނިފޫހިފިލުވުމުގެ ޕްރޮގުރާމްތައް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށެވެ.

އެގޮތުން މިހާރު ކުރިއަށްދާ ޕްރޮމޯޝަންގެެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅޭ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް ހިލޭ ގުޅައިދިނުމުގެ އިތުރުން ޑީކޯޑަރު ހިލޭ ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 މޭ 2021 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށް ޙާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަރުވެސްވަނީ ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެއެވެ.

ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގު ޓީވީ ހިދުމަތް ފޯރުކޮށްދީފަ އެވެ.