ދިރާގު

ތޮއްޑޫ އީދު މާމަޖާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Jun 26, 2023

މިއަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން އއ. ތޮއްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ތޮއްޑޫ އީދު މާމަޖާ 1444"ގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ސޮއިކޮށްފި އެވެ.

އއ. ތޮއްޑޫ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި އީދު ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އީދު ކުޅިވަރުގައި އީދު ހެނދުނު ސައި، މަސް ރޭސް، ބޮޑު މަސް، މާލި، ފެންކުޅި އަދި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ހަވާއެރުވުމާއެކު މަޝްހޫރު ދިވެހި ފަންނާނުންނާއެކު ޢީދު ޝޯއެއްވެސް ވަނީ އިންތިޒާމުކޮށްފަ އެވެ.

ދިރާގުން ބުނި ގޮތުގައި މުޖުތަމައުގެ އެކި ފަރާތްތައް ބާރުވެރިކުރުވުމަކީ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސެވެ. އެގޮތުން ދިރާގުން ދަނީ މިފަދަ ތަފާތު ސަގާފީ އަދި އިޖްތިމާއީ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް އެއްބާރުލުންދެމުންނެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ޒުވާނުން ބައިވެރިކުރުވާފަދަ މިކަހަލަ ތަފާތު ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށެވެ.