ދިރާގު

މިއަހަރުގެ ދިރާގު އީދު ބޮނޑިބަތަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް

ދިރާގު އީދު ބޮނޑިބަތް ހަރަކާތް -- ފޮޓޯ: ދިރާގު
0%
0%
0%

މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު އީދު ބޮނޑިބަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.

ހުޅުމާލޭގައި އީދު ބޮނޑިބަތް ހަރަކާތް ބޭއްވީ ހޮސްޓިން ޕާޓްނަރުގެ ގޮތުގައި ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެންނެވެ.

މާލެ އާއި ވިލިމާލޭގައި އީދު ބޮނޑިބަތް ކުރިއަށްގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާ ގުޅިގެންނެވެ. މިއީ ދިރާގުން އީދު ބޮނޑިބަތް މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ދެވަނަ އަހަރެވެ.

ދިރާގު އީދު ބޮނޑިބަތް ހަރަކާތާ ގުޅޭ ގޮތުން ދިރާގުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ ދިރާގު އީދު ބޮނޑިބަތަށް މިފަހަރުވެސް އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ދިރާގު އީދު ބޮނޑިބަތް ހަރަކާތް -- ފޮޓޯ: ދިރާގު

"އަޟްހާ އީދަކީ އަޅުގަނޑުމެންގެ މުޖުތަމައުތަކުގައި ވަރަށް ހާއްސަ އިސްކަމެއްދީގެން އުފާފާޅުކުރުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދާ ދުވަސްވަރަކަށް ވާއިރު މުޖުތަމައުގައި ޒަމާނުއްސުރެ އޮންނަ އިޖުތިމާއީ ރޫހު އާލާކުރުވާ މިފަދަ ހަރަކާތްތަކަށް ރާވާ ހިންގުމަކީ އަޅުގަނޑުމެންވެސް ވަރަށް އަހައްމިއްޔަތުކަން ދޭ ކަމެއް،" ޖައިޝަން ހަމީދު ވިދާޅުވި އެވެ.

ދިރާގު އީދު ބޮނޑިބަތް ހަރަކާތުގެ އިތުރުން ދިރާގުން އެޗްޑީސީ އަދި މާލޭ ސިޓީ ކައުންސިލާއި މާލޭ ސިޓީ ޑަބްލިއުޑީސީއާ ގުޅިގެން މިއަދާއި މާދަމާ މާލޭ ސިޓީ ސަރަހައްދުގައި އީދުގެ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ދިރާގުން ވަނީ އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން މާލޭގެ ދެކުނުން ފެށިގެން އުތުރުގެ އެކި ރަށްރަށުގައި ތަފާތު އީދު ކުޅިވަރުތަށް ބޭއްވުމަށް އެއްބާރުލުންދީފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖުތިމާއީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345