ވެލާ ޕްރައިވެޓް އައިލެންޑް

ވެލާ ރިސޯޓުން ތިން ޖަމިއްޔާއަކަށް 750،000 ރުފިޔާގެ އެހީ

ރާއްޖޭގެ މަޝްހޫރު ރިސޯޓެއް ކަމަށްވާ ވެލާ ޕްރައިިވެޓް އައިލެންޑްއިން ތިން ޖަމިއްޔާއަަކަށް 750،000 ރުފިޔާގެ ފައިސާގެ އެހީ ދީފި އެވެ.

އެހީ ދިނީ ތިން ޖަމިއްޔާއަކީ ކެންސާ ސޮސައިޓީ އާއިކެ އާ ސޮސައިޓީ އަދި ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ. ކޮންމެ ޖަމިއްޔާއަކަށްވެސް ވަނީ 250،000 ރުފިޔާގެ އެހީ ދީފަ އެވެ.

މިއަދު ބްރައިން ރެސްޓޯރެންޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ އެހީ ހަވާލުކޮށްދެއްވީ ވެލާގެ ފުޑް އެންޑް ބެވެރޭޖް ޑިޕާޓްމަންޓްގެ ޑިރެކްޓަރު އިބްރާހިމް ވަހީދެވެ.

މިއީ ވެލާއިން އެ ތިން ޖަމިއްޔާއަށްވެސް ފައިސާގެ އެހީ ދިން ތިން ވަނަ ފަހަރެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެ ޖަމިއްޔާތަކުން ވަނީ ވެލާއިން ދިން އެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

މިއީ ވެލާއިން ކުރިއަށް ގެންދާ ސީއެސްއާރު ޕްރޮޖެކްޓެއްގެ ދަށުން ދިން އެހީތަކެކެވެ. އެ ސީއެސްއާރު ޕްރޮޖެކްޓް ލޯންޗްކުރީ ވެލާއަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި 2019 ވަނަ އަހަރު އެވެ.

ކުރިއަށް އޮތް ތަނުގައި ސީއެސްއާރު ޕްރޮޖެކްޓްތަކެއްގެ ދަށުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަންވެސް ހަރަކާތްތަކެއް ހިންގުމަށް ވެލާއިން ވަނީ ނިންމައިފަ އެވެ. އެގޮތުން ރާއްޖޭގެ ރަށްތަކުގެ ސްކޫލް ކުދިންނަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުންކުރެވޭ "ރީޔޫސެބަލް" ފުޅިތައް ދިނުމާއި ރަށްރަށުގެ ގެތަކަށް ފޮތި ކޮތަޅު ދޭން ވަނީ ނިންމައިފަ އެވެ.