ބޮލީވުޑް

ކަންގަނާ 85 އަހަރުގެ މުސްކުޅި އަންހެނެއްގެ ރޯލުން؟

Nov 5, 2015

ޑައިރެކްޓަރު ޝޭކަރު ކަޕޫރުގެ ފިލްމެއްގައި 85 އަހަރުގެ މުސްކުޅި އަންހެނެއްގެ ރޯލު ކުޅުމުގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ޒުވާން ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

އަދި ނަމެއް ދީފައިނުވާ މިފިލްމުގެ ރޯލެއްގެ ހުށަހެޅުން ލިބިފައިވާ ކަމަށް ބައެއް ނޫސްތަކަށް ބުނަމުން ކަންގަނާ ވަނީ އޭނާ އަށް ހުށަހަޅާފައިވަނީ 85 އަހަރުގެ މުސްކުޅި އަންހެނެއްގެ ރޯލެއް ކަމަށާއި، މިރޯލު ކުޅެން ބޭނުން ނަމަވެސް މިއީ ވަރަށް ޗެލެންޖިން ރޯލަކަށް ވުމުން އަދި ވަކި ޖަވާބެއް ދިފައިނުވާ ކަމަށެވެ.

"މިރޯލާއި ބެހޭގޮތުން އަދިވެސް އަންނަނީ ވާހަކަތައް ދައްކަމުން" ޝޭކަރުގ ފިލްމެއްގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ބުނަމުން ކަންގަނާ ބުނެފައިވެ އެވެ.

ކަންގަނާ އަށް ހުޅަހަޅާފައިވާ ފިލްމަކީ ޝޭކަރް ޑައިރެކްޓްކުރުމަށް ނިންމާފައވާ ފިލްމު "ޕާނީ" ތޯ އެހެމުން ކަންގަނާ ވަނީ މިފިލްމަކީ މުޅިން އެހެނ ފިލްމެއް ކަމަށް ބުނެފަ އެވެ.

"ކުއީން" އިން ނޭޝަނަލް އެވޯޑް ހޯދާފައިވާ ކަންގަނާ ވަނީ ތަފާތު އެކި ވައްތަރުގެ ރޯލުތައް ކުޅެން އޭނާ ބޭނުންވާ ކަމަށާއި އެގޮތުން މަންމައެއްގެ ރޯލާއި ނުވަތަ އުމުރުން ދުވަސްވީ މީހެއްގެ ރޯލު ކުޅެން އޭނާ ފަހެއް ނުޖެހޭނެ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ކަންގަނާގެ ދެފިލްމެއް ރިލީޒްވެފައިވާއިރު، އޭގެތެރެއިން "ތަންނޫ ވެޑްސް މަންނޫ ރިޓާންސް" އަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، "ކައްޓީ ބައްޓީ" ވަނީ ފްލޮޕްވެފަ އެވެ.

ކަންގަނާ ދެން އެންމެ އަވަހަށް ކުޅެން ފަށާނީ ޑައިރެކްޓަރު ވިޝާލް ބަރްދްވާޖްގެ "ރަންގޫން' އެވެ.