އުތުރު ކޮރެއާ

ނޯތު ކޮރެއާގައި 12 ގައުމެއްގެ އެމްބަސީ ބަންދުކޮށްފި

ނޯތު ކޮރެއާގައި ހިންގާ 12 ގައުމެއްގެ އެމްބަސީ ބަންދުކޮށް ޑިޕްލޮމެޓުން ގައުމަށް ވަޑައިގެންފި އެވެ. ޕިޔޮންގްޔަންގްގައި ހުންނަ ރަޝިއާ އެމްބަސީން ބުނި ގޮތުން އިންސާނީ ހައްގުތަށް ކަށަވަރު ކުރުމަށް ނޯތު ކޮރެއާގައި ހަރަކާތްތެރިވާ ބައިނަލް އަގްވާމީ އޮގަނައިޒޭޝަންތަކުން ވެސް މަސައްކަތްތައް ހުއްޓާލައި އޮފިޝަލުން ގައުމަށް ވަޑައިގެންފި އެވެ.

އެމްބަސީތައް ބަންދުކުރަން ޖެހުނު ސަބަބެއް ކަމަށް ވަނީ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ނުލިބުމާއި ބޭސް ފަރުވާ ކުރެވެން ވެސް ނެތުމެވެ. އަދި ކޮވިޑާ ގުޅިގެން ގައުމުތަކުން އަމަލު ކުރަމުން އަންނަ އުސޫލުތަކުގެ ސަބަބުން ވެސް ނޯތު ކޮރެއާގެ މަޝްރަހު ދަތިވެފައިވާތީ އެވެ.

ނޯތު ކޮރެއާގެ ހާލަތު މިވަގުތު އޮތް ގޮތުން އެ ގައުމުގައި ދެމި ތިބުމަކީ ކޮންމެ ކޮންމެ ބަޔަކަށް ކުރެވޭވަރުގެ ކަމަކަށް ނުވާނެ ކަމަށް ރަޝިއާ އެމްބަސީން ބުނެ އެވެ. ސިއްހީ ހާލަތްތަކުގައި ފަރުވާ ލިބެން ނެތުމަކީ އެންމެ ބޮޑު މައްސަލަ ކަމަށް ވެސް ބުނެ އެވެ.

ރަޝިއާ އެމްބަސީގެ ފޭސްބުކް ޕޭޖްގައި ލިޔެވައިވާ ގޮތުން އިނގިރޭސިވިލާތް، ބްރެޒިލް، ޖަރުމަން، އިޓަލީ، ނައިޖީރިއާ، ޕާކިސްތާން، ޕޮލޭންޑް. ޗްކް ރިޕަބްލިކް، ސްވިޑްން، ސްވިޒަލޭންޑް އަދި ފްރާންސް އެމްބަސީގެ ދޮރުގައި ހުރީ ތަޅުއަޅުވާފަ އެވެ. އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ވަނީ މަސައްކަތްތައް ހުއްޓާލާފަ އެވެ.

ނޯތު ކޮރެއާގައި މިހާރު ހަރަކާތްތެރި ވަނީ ނުވަ އެމްބަސީއަކުން ކަމަށް ވެސް ފޭސްބުކް އެ ޕޯސްޓްގައި ބުނެފައިވެ އެވެ. އޭގެ އިތުރުން މަދު ގައުމެއްގެ ޑިޕްލޮމެޓުން އަދިވެސް ތިބި ކަމަށް ވެސް ވެއެވެ.