ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ޑރ. ފައުޗީ ވިދާޅުވީ ދިފާއު ވަރުގަދަ ކުރުމަށް

ދުނިޔޭގައި ކޮވިޑް އަދިވެސް ފެތުރެނީ އެވެ؛ އެއަށް އަދިވެސް މުޅީން ކަށަވަރު ފަރުވާއެއް ނެތެވެ. އޮތް އުންމީދަކީ ޖަހަމުންދާ ވެކްސިނެވެ. ވެކްސިން ޖެހުމުން ގައިގައި ރިހި ހުންއައުން ފިޔަވައި އިތުރު ކަމެއް ވާކަން އަދި ވެސް ނޭނގެ އެވެ. އެވެނި ކަމެއް މިވެނި ކަމެއް ރަނގަޅުވާނެ ކަމަށް އެވެނި މީހަކު މިވެނި މީހަކުން ބުންޏޭ ބުނާ ބުނުން ވެސް އޮތީ ރަނގަޅަށް ވައިގައި ހިފާފަ އެވެ. މިގޮތުން ފޯކަސް ގޮސް ހުއްޓޭ އެއްމެ މުހިންމު ބޭފުޅަކީ ޑރ. ފައުޗީ އެވެ. ކަރުތާފެނަށް އެރުމުން ކޮވިޑުން ރަނގަޅުވާނެ ކަމަށް ފައުޗީ ވިދާޅުވި ކަމަށް ބުނެފި ނަމަ އެކަން ކުރާނެ މީހުން ތިބޭނެ އެވެ.

ޑރ. ފައުޗީ ކުރެން ސުވާލު ކުރެވުނީ ކޮވިޑް ރަނގަޅުވާނީ ކޮން އެއްޗެއް ކައިގެންތޯ އެވެ؟ އޭނާ ވިދާޅުވީ އަދި ބޭހެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ދިފާއީ ބާރު ވަރުގަަދަ ނަމަ ކޮވިޑުން ބޮޑުވަރު ނުވާ ކަމަށެވެ. ޑރ. ފައުޗީ އަކީ ތަޖުރިބާކާރެކެވެ. އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިސީޒަސްގެ ޑައިރެކްޓަރެވެ. އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އިރުޝާދު ވެސް ދެއްވަ އެވެ.

ފައުޗީ ވިދާޅުވީ ވިޓަމިންސީ އަދި ވިޓަމިން ޑީ އާންުމުކޮށް ބޭނުންކުރުން ރަނގަޅެވެ. އެކަމަކު ދެވިޓަމިނަކީ ކޮވިޑަށް ފަރުވާއެއް ކަމަކަށް ވިދާޅެއް ނުވަމެވެ.

ތަކުރާރުކޮށް ފައުޗީއާ ސުވާލު ކުރުމުން ވެސް ވިދާޅުވީ ކޮވިޑަށް އަދި ފަރުވާއެއް ނެތް ކަމަށާއި ގައިން ތާހިރުވުމާއި މާސްކް އެޅުން މުހިންމު ކަމަށެވެ. އަދި އާންމުކޮށް ވިޓަމިންސީ އަދި ވިޓަމިން ޑީ ހުންނަ ބާވަތްތައް ކެއިންބުއިމުގައި ބޭނުންކުރާ ނަމަ ހަށިގަނޑުގެ ދިފާއީބާރު ވަރުގަދަ ވާނެ ކަމަށެވެ.