އެމްޓީސީސީ

މީދޫ ގޮނޑުދޮށް ހިމާޔަތް ކުރަނީ

Apr 3, 2021

ސ. މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.

މި މަޝްރޫއުގައި 1،848 ކިއުބިކް މީޓަރުގެ ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމާއި 210 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖަހާނެ އެވެ. މިއީ 5.80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.