ހަބަރު

ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންފި

Jan 14, 2015

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުންނަށް އެއާޕޯޓުން މިރޭ މަރުހަބާ ވިދާޅުވީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ސަރުކާރުގެ ބައެއް އިސްވެރިންނެވެ. ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގަތީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

ރައީސް ޔާމީން ސިންގަޕޫރުގައި ހުންނަވަނިކޮށް އެމްޑީޕީން ވަނީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ ތަފްސީލާއި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތު ހޯދަން ނައިބު ރައީސް ޖަމީލަށް ސިޓީ ފޮނުވައިފަ އެވެ.