ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

ޓޫރިސްޓުން އައި އަދަދު ތިން ލައްކަ އަށް ވުރެ މައްޗަށް

މި އަހަރު ފުރަތަމަ ތިން މަސް ދުވަހު ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ތިން ލައްކައަށްވުރެ މައްޗަށް ޖެހިލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް 307،543 ޓޫރިސްޓުން ވަނީ އައިސްފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ފުރަތަމަ ތިން ދުވަހުގެ ނިޔަލަށް 8،973 މީހުން ވަނީ ރާއްޖެއަށް އައިސްފައި ވެއެވެ. މިއީ 2019 ވަނަ އަހަރު އައި 9،121 މީހުންނާ އަޅާ ބަލާއިރު 1.6 ޕަސެންޓުގެ ދަށްވުމެކެވެ.

މިހާރު ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ޓޫރިސްޓުން އަންނީ އިންޑިއާ އިންނެވެ. ދެވަނަ ގައުމަކީ ރަޝިއާ އެވެ. ތިން ވަނާގައި އޮތީ ޔޫކްރެއިން އެވެ.

ރާއްޖެއަށް މިހާރު އަންނަ ޓޫރިސްޓުން އެވްރެޖު ގޮތެއްގައި 8.9 ދުވަހު މަޑުކުރެ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު 555،494 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި 2019 ވަނަ އަހަރު 1.7 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ.