ކޮވިޑް-19 އާއި ގުޅިގެން ތައުލީމީ ދާއިރާއަށް ވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މީގެ ކުރިން އަމަލު ކުރަމުން ނުދާ އުސޫލުތަކަކަށް ވެސް މިވަނީ އަމަލު ކުރަން މަޖުބޫރުވެފަ އެވެ. އެގޮތުން އިމްތިހާން ހަދަން ވަކި ތާރީހެއް ދަރިވަރު އަމިއްލަ އަށް އިހްތިޔާރު ކުރަން ވެސް މިހާރު ވަނީ ފުރުސަތު ލިބިފަ އެވެ. ކޮވިޑް-19 އިގެ ސަބަބުން އެންމެ ފުރަތަމަ އިއުލާނު ކުރީ މެއި / ޖޫންގައި މީގެ ކުރިން ބާއްވަމުން އައި އޭލެވެލް އިމްތިހާނު ތާވަލު ކޮށްފައިވާ ގޮތަށް މިއަހަރު ކުރިއަށް ނުގެންދާނެ ކަމަށެވެ.
އޭގެފަހުން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން އިއުލާންކުރީ މިމަހުގެ 26 ވަނަ ދުވަހު އޭލެވަލް އިމްތިހާން ބާއްވާނެ ކަމަށެވެ. އިމްތިހާނަށް ތައްޔާރުވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރު މުއްދަތެއް ދިނުމަށްފަހު ތާރީހު އިއުލާންކުރުމާއި އެކު ލިބުނު ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން މިހާރު ވަނީ އިމްތިހާން ހަދަން އިތުރު ވަގުތު ބޭނުންވާ ދަރިވަރުންނަށް އިތުރު ތާރީހެއް ވެސް ދީފަ އެވެ. އެއީ މިއަހަރުގެ އޮކްޓޫބަރު މަހު ބާއްވާ އޭލެވަލް އިމްތިހާންގައި ބައިވެރިވުމެވެ. އެހެންކަމުން ދަރިވަރުންގެ ތައުލީމާ ގުޅޭ މުހިއްމު އިމްތިހާނެއްގައި ވަކި ތާރީހެއް ކަނޑައެޅުމަށްޓަކައި ތަޖުރިބާކާރު ބޭފުޅެއްގެ ލަފާ ހޯދުމަކީ މުހިއްމު ކަމެއް ކަމަށް ދެކެމެވެ.
ކޮވިޑް 19އާއި ގުޅިގެން ތައުލީމީ ދާއިރާ އަށް ވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މީގެކުރިން އަމަލުކުރަމުން ނުދާ އުސޫލުތަކަކަށް ވެސް މިވަނީ އަމަލުކުރަން މަޖުބޫރުވެފަ އެވެ. އެގޮތުން އިމްތިހާން ހަދަން ވަކި ތާރީހެއް ދަރިވަރު އަމިއްލަ އަށް އިހްތިޔާރު ކުރަން ވެސް މިހާރު ވަނީ ފުރުސަތު ލިބިފަ އެވެ. ކޮވިޑް-19ގެ ސަބަބުން އެންމެ ފުރަތަމަ އިއުލާނު ކުރީ މެއި/ޖޫންގައި މީގެކުރިން ބާއްވަމުން އައި އޭލެވެލް އިމްތިހާނު ތާވަލު ކޮށްފައިވާ ގޮތަށް މިއަހަރު ކުރިއަށް ނުގެންދާނެ ކަމަށެވެ.
އޭގެފަހުން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން އިއުލާންކުރީ މިމަހުގެ 26 ވަނަ ދުވަހު އޭލެވަލް އިމްތިހާން ބާއްވާނެ ކަމަށެވެ. އިމްތިހާނަށް ތައްޔާރުވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރު މުއްދަތެއް ދިނުމަށްފަހު ތާރީހު އިއުލާންކުރުމާއި އެކު ލިބުނު ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން މިހާރު ވަނީ އިމްތިހާން ހަދަން އިތުރު ވަގުތު ބޭނުންވާ ދަރިވަރުންނަށް އިތުރު ތާރީހެއް ވެސް ދީފަ އެވެ. އެއީ މިއަހަރުގެ އޮކްޓޫބަރު މަހު ބާއްވާ އޭލެވަލް އިމްތިހާންގައި ބައިވެރިވުމެވެ. އެހެންކަމުން ދަރިވަރުންގެ ތައުލީމާ ގުޅޭ މުހިއްމު އިމްތިހާނެއްގައި ވަކި ތާރީހެއް ކަނޑައެޅުމަށްޓަކައި ތަޖުރިބާކާރު ބޭފުޅެއްގެ ލަފާ ހޯދުމަކީ މުހިއްމު ކަމެއް ކަމަށް ދެކެމެވެ.
ތައުލީމީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ވިލާ އިންޓަަނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް)ގެ ޕްރިންސިޕަލް ސައީދު އަހްމަދު ދެއްވާ ލަފަޔަކީ އޭލެވަލް އިމްތިހާން ހަދާ ދަރިވަރުން އޮކްޓޫބަރުގެ އިމްތިހާނުގައި ބައިވެރިވުމެވެ.
"ދެ ތާރީޚެއްގައި އިމްތިހާން ހަދަން ދަރިވަރުންނަށް ފުރުސަތު ލިބިފައި އޮތް ވަގުތެއްގައި އޮކްޓޯބަރު މަހު އިމްތިހާނު ހެދުމަކީ މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތް. އޭރުން އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ލިބޭނެ،" ސައީދު ވިދާޅުވި އެވެ.
އިމްތިހާންގެ ތާރީހަށް ބަދަލުތަކެއް ގެންނަން ޖެހުނު ސަބަބު އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ސާފުކޮށްދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވާ ގޮތުގައި މެއި / ޖޫންގައި އާންމުކޮށް އޮންނަ އިމްތިހާން މިމަހުގެ ތެރޭގައި ބާއްވަން ޖެހުނީ މި އިމްތިހާން އިންތިޒާމު ކުރާ އެޑެކްސެލް އިން ތާރީހަށް ބަދަލުގެނައުމުންނެވެ. އެކަމަކު މިމަހު އިމްތިހާން ބާއްވާތީ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް ހުރުމުން އެޑެކްސެލްގައި މިނިސްޓްރީން އެދިގެން އޮކްޓޫބަރުގައި ވެސް އިމްތިހާން ހެދުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނީ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އެކަމަކު އިމްތިހާންގެ ތާރީހަށް ގެނައި ބަދަލާ އެކު އޭޕްރީލް ނުވަތަ އޮކްޓޫބަރުގައި އިމްތިހާން ހަދަން ފުރުސަތު ލިބޭނީ މިވަގުތު ގުރޭޑް 12ގައި ކިޔަވާ ދަރިވަރުންނަށެވެ.
ކުރިން މެއި/ ޖޫންގައި ބާއްވަމުން އައި އިމްތިހާން މިމަހުގެ 26 ވަނަ ދުވަހަށް އަވަސްކުރުމާ ގުޅިގެން މިވަގުތު ގުރޭޑް 11ގައި ކިޔަވާ ދަރިވަރުންނަށް މިމަހު އިމްތިހާންގައި ބައިވެރިވެ އިމްތިހާން ހެދުން ނޫން އިތުރު ފުރުސަތެއް ނެތް ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.
ގުރޭޑް 12ގައި މިހާރު ކިޔަވަމުންދާ ދަރިވަރުން އޭލެވަލްގައި ކިޔަވަމުންދާތާ ތިން އަހަރާ ގާތްކުރަނީ އެވެ. މިކަމާ ގުޅިގެން ބައެއް ދަރިވަރުން ކިޔެވުން މަތިން ފޫހިވެ، ކިޔެވުން ހުއްޓާވެސްލައިފި އެވެ. ކިޔެވުމުގައި ކުރިއަށްދާ ދަރިވަރުންގެ ތެރޭގައި ވެސް އިމްތިހާން އަވަހަށް ހަދައި، އަވަހަށް ކިޔެވުން ނިންމާލަން ބޭނުންވާ ދަރިވަރުންތަކެއް ތިބިކަން ފާހަގަކުރެވެ އެވެ. އެކަމަކު ތަޖުރިބާކާރު ބޭފުޅުން ލަފާ ދެއްވަނީ އަވަސްކޮށްލައިގެން އިމްތިހާން ހެދުމުގެ ބަދަލުގައި ހަމަޖެހިލައިގެން އެކަން ކޮށްލުމަށެވެ. އޭރުން ދަރިވަރުންނަށް ނަތީޖާ އިތުރަށް ރަނގަޅުކޮށް، ތައުލީމީ އިތުރު ހަރުފަތްތަކުގައި ކުރިއަށްދާ ފަސޭހަ ވެގެންދާނެ ކަމަށްވެސް އެބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
މިމަހު ބާއްވާ އޭލެވަލް އިމްތިހާންގައި ބައިވެރިވާ ދަރިވަރުންނަށް ދިމާވެދާނެ އިތުރު މައްސަލަ އެއްވެސް ފާހަގަކުރެވެ އެވެ. އެއީ މިމަހު ބާއްވާ އިމްތިހާންގައި ދަރިވަރުން ކުރު މުއްދަތެއްގެ ތެރޭގައި އިމްތިހާން ހަދާ ނިންމަންޖެހޭތީ އެވެ. އެކަމަކު މީގެކުރިން މެއި ޖޫން ގައި ބާއްވަމުން އައި އޭލަވަލް އިމްތިހާންގައި ލިބޭ މުއްދަތު، އޮކްޓޫބަރު މަހު ބާއްވާ އިމްތިހާންގައި ބައިވެރިވާ ދަރިވަރުންނަށް ލިބިގެންދާނެ އެވެ. އޮކްޓޫބަރުގައި އޮންނަ އިމްތިހާންގައި ބައިވެރިވުމަށް ދަރިވަރުން ވިސްނަން ޖެހޭ އެއް ސަބަބަށް މުއްދަތު ވެސް މިވަނީ ވެފަ އެވެ.
ޕްރިންސިޕަލް ސައީދު ގަބޫލުކުރައްވާ ގޮތުގައި ކުރު މުއްދަތެއްގައި އިމްތިހާނު ހަދަން ޖެހުމަކީ ނަފްސާނީ ގޮތުން ވެސް ދަރިވަރުންނަށް މައްސަލަތަކެއް ކުރިމަތިވާނެ ކަމެކެވެ. އޭލެވަލްގެ އިމްތިހާނަކީ ބޮޑު އިމްތިހާނެއް ކަމަށްވާތީ އިމްތިހާންގެ ތާރީހު ކަނޑައެޅުން ކުޑަ ކަމެއްގެ ގޮތުގައި ނުނެގުމަށްވެސް ސައީދު ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަކު ވަކި ތާރީހެއް އިހްތިޔާރު ކުރަން ދަރިވަރަށް މަޖުބޫރު ނުކުރުމަށްވެސް ސައީދު ވަނީ ބެލެނިވެރިންނަށް އިލްތިމާސް ކުރައްވާފަ އެވެ.
"އޮކްޓޫބަރުގައި އިމްތިހާނު ހަދަން ތައްޔާރުވުމަށްޓަކައި ހޭދަކުރަންޖެހޭ މުއްދަތަކީ ދިގު މުއްދަތެއް ނޫން. ހަމަޖެހިލައިގެން އިމްތިހާނު ހަދާ ރަނގަޅު ނަތިޖާ އެއް ހޯދުމުން ލިބޭ ފައިދާ މުސްތަގުބަލްގައި މާބޮޑުވާނެ،" ސައީދުގެ ހިޔާލު ހިއްސާކުރައްވަމުން ވިދާޅުވި އެވެ.
އޮކްޓޫބަރުގައި އިމްތިހާނު ހަދަން ތައްޔާރުވުމަށްޓަކައި ހޭދަކުރަންޖެހޭ މުއްދަތަކީ ދިގު މުއްދަތެއް ނޫން. ހަމަޖެހިލައިގެން އިމްތިހާނު ހަދާ ރަނގަޅު ނަތިޖާ އެއް ހޯދުމުން ލިބޭ ފައިދާ މުސްތަގުބަލްގައި މާބޮޑުވާނެސައީދު އަހްމަދު - ވީއައިއެޗްއެސްގެ ޕްރިންސިޕަލް
ސައީދު ސިފަކުރައްވާ ގޮތުގައި މިހާރު ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރުންނަކީ ވަރަށް ނަސީބު ގަދަ ބައެކެވެ. އޭލެވަލް ކަހަލަ ބޮޑު އިމްތިހާނެއް ހަދަން ބޭނުންވާ ދަރިވަރުންނަށް މިހާރު ލިބިފައި މިވާ ފުރުސަތަކީ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ލިބޭނެ ފުރުސަތެއް ކަމަކަށް ސައީދަށް ގަބޫލެއް ނުކުރައްވަ އެވެ.
އޭލެވަލް އިމްތިހާންގައި ބައިވެރިވުމަށް ވަކި ތާރީހެއް ކަނޑައެޅުމަށް ދަރިވަރުންނަށް ފުރުސަތު އޮތީ މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ. އެހާތަނަށް ދަރިވަރަކު ވަކި ގޮތެއް ނިންމާފައި ނުވާނަމަ އެ ދަރިވަރަކު ބައިވެރިވާން ޖެހޭނީ މިމަހު ބާއްވާ އިމްތިހާންގަ އެވެ. ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން އެދިވަޑައިގަންނަވަނީ ރަނގަޅަށް ވިސްނުމަށްފަހު ދަރިވަރަށް ފެންނަ އެންމެ ރަނގަޅު ތާރީހެއް ކަނޑައެޅުމަށެވެ.