މިއުޒިކް

މަޖާ ކުރާ މަރުކަޒު އަޅަން ކޮމެޓީން ނިންމައިފި

އުރީދޫއިން ބޭއްވި މިއުޒިކް ޝޯއެއްގައި ތެރެއިިން: މާލޭގައި މަޖާ ކުރާ މަރުކަޒެއް އަޅަން އެމްޑީޕީން ބާރު އަޅާ -- އަވަސް ފައިލް ފޮޓޯ
0%
0%
0%

މާލޭގައި ޒުވާނުން ރައްޓެހިންނާ ބައްދަލުކޮށް މިއުޒިކް އަޑު އަހައި ހީނ ސަމާސާކޮށް ހަދަން އެއްވާނެ މަރުކަޒެއް ގާއިމް ކުރަން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ފާސް ކޮށްފި އެވެ. އެގޮތަށް އިޖުތިމާއީ ކޮމެޓީން ނިންމީ އަޣުލަބިއްޔަތުން ނެވެެ.

ޒުވާނުން މިއުޒިކް އަޑުއަހައި މަޖާ ކުރާނެ މަރުކަޒެއް ހަދަން މަޖިލީހަށް ހުށަހެޅުއްވީ ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެމްބަރު ހަސަން ލަތީފެވެ. އޭނާ އެދިވަޑައިގެންނެވީ އެފަދަ މަރުކަޒެއްގައި ރެކޯޑިން ސްޓޫޑިއޯއަކާއެކު މިއުޒިކް އުނގަންނައިދޭ ގޮތަށާއި ޝޯތައް ވެސް ބޭއްވޭ ގޮތަށް ހަދާށެވެ.

އެ ގަރާރު އިތުރަށް ދިރާސާ ކުރުމަށް ފަހު އިޖްތިމާއީ ކޮމެޓީން ނިންމީ ސަރުކާރާއި ކަމާ ގުޅުން ހުރި ވުޒާރާތަކުގެ އެހީއާއެކު ހެރިޓޭޖް މިނިސްޓްރީން އިސްވެ މިއުޒިކް އަޑުއަހާލާނެ މަރުކަޒެއް ގާއިމް ކުރަން އެ މިނިސްޓްރީގައި އެދޭށެވެ.

މަޖާ ކުރާ މަރުކަޒެއް މާލޭގައި އެޅުމާ ގުޅޭ ގޮތުން ދެން ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.

މީގެ ކުރިން އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދިޔަ ބަހުސް އިދިކޮޅު މެމްބަރުން ވަނީ ހަސަން ލަތީފުގެ ގަރާރަަށާއި އެކަމާ ގުޅުވައި ސަރުކާރުން މެންބަރުން ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި ދީނީ ދަންނަ ބޭކަލުންގެ ނުރުހުން ވެސް އެކަމާ ގުޅިގެން އެމްޑީޕީއަށާއި ސަރުކާރަށް އަމާޒުވި އެވެ.

17 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910